Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫތް މިނިސްޓްރީން ފޯރުކޮށްދެމުންދާ ޑެލިވަރީގެ ޚިދު

އެހީތެރިކަން ބޭނުންވާ 700 އާއިލާއަކަށް ދަނީ ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދެމުން: މިނިސްޓަރު މަހުލޫފް

4 މެއި 2020 | ހޯމަ 12:11

މިމަސައްކަތް ކުރަނީ ޖެންޑާ މިނިސްޓްރީ އަދި ޔުނިސެޓް ގުޅިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 4 މެއި 2020 | ހޯމަ 12:11
ޑެލިވަރީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓަރު މަހުލޫފް ވެސް ހަރަކާތްތެރިވޭ

ޑެލިވަރީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓަރު މަހުލޫފް ވެސް ހަރަކާތްތެރިވޭ

ކޮވިޑް-19އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކޮށްފައިވާ މިހާލަތުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ގާތްގަނޑަކަށް 700 ވަރަކަށް އާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީން މިމަސައްކަތް ކުރަނީ ޖެންޑާ މިނިސްޓްރީ އަދި ޔުނިސެފް ގުޅިގެންނެވެ. ހޯމަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ޚާއްސަ އެހީތެރިކަން ބޭނުންވާ ގާތްގަނޑަކަށް 700 ވަރަކަށް އާއިލާއަށް އެހީތެރިވުމުގެ މަސައްކަތް ކުރާއިރު، ދެބައިކޮށްފައި އެއްބަޔަށް މިހާރު ވަނީ ކާބޯތަކެތި ޑެލިވަރީ ކުރެވިފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

ޑެލިވަރީގެ ޚިދުމަތަށް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މަހުލޫފް ވިދާޅުވީ މިހާރު ވަރަށް ބޮޑު ލުއެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން މި މަސައްކަތް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވޮލެންޓިއަރ ކުރުމަށް އަމިއްލަށް އިސްނަގާގެން މަސައްކަތް ކުރި ޒުވާން ޓީމަށް މިނިސްޓަރު ވަނީ ވަރަށް ތައުރީފް ކުރައްވާފަ އެވެ. އަދި މިހާރު ވެސް ޔޫތް މިނިސްޓްރީން އެކުލަވާލި ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެދުމަކަށް މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ލިސްޓު ކުރެވިފައިވާ 436 ގޭބިސީއަށް ކަދުރު ބެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ފޯނުން ގުޅުނު މީހުންނަށް ކަދުރު ހަދިޔާކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަސައްކަތުގައި ޔޫތް މިނިސްޓްރީން ހަރަކާތްތެރިވާތީ ބައެއް ފާޑުކިއުންތައް އަމާޒުވިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކަދުރު ބެހުމަކީ ޔޫތް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތެއް ނޫން ނަމަވެސް މިދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ކަދުރު ފޯރުކޮށް ނުދެވުނު ގެތަކުގެ ތަފްސީލީ މައުލޫމާތު އިސްލާމިކް މިނިސްޓްރީއާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

ޔޫތް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ޖެންޑާ މިނިސްޓްރީއާ ގުޅިހެން އެކިއެކި ޚިދުމަތްތައް ދެމުންދާ ކަމަށެވެ. އެގޮތުން ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް