Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް19 ރެސްޕޮންސް އެފަރޓްގެ ހަރަދުތައް

ކޮރަޕްޝަންގެ ހިރާސް ކުޑަކުރަން ފިނޭންސުން ޕްރޮކިއުމަންޓް އުސޫލުތަކެއް އާންމުކޮށްފި

ލިޔުމުގައި ފާހަގަކޮށްފައިވަނީ ޖުމްލަ 10 ކަމެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 4 މެއި 2020 | ހޯމަ 09:14
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ކޮވިޑް19 އާއި ގުޅިގެން ހިންގޭ ޕްރޮކިއުމަންޓްތައް ހިންގުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފިނޭންސް މިނިސްޓްރީން އިލްތިމާސްކޮށް، އަމަލުކުރާނެ އުސޫލެއް އާންމުކޮށްފި އެވެ.

ޕްރޮކިއުމަންޓުތަކުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ފިޔަވަޅު އެޅުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ލިޔުމުގައި ވަނީ ދިހަ ކަމެއް ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ދައުލަތުން ޚަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރު އެއްފަރާތުގައި ނުބޭއްވުމާއި، މަސައްކަތްތަކާ ގުޅޭ އެކި ޒިންމާތައް ވަކިކުރެވި އެކި ފަރާތްތަކާ ޙަވާލުކުރުމަށް ސަމާލުކަމެއް ދިނުމަށް ލިޔުމުގައި ވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެ ކިޔުމުން ފެންނަން އޮތުމާއި އެފަަދަ ލިޔުންތައް ރައްކާތެރިކުރުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ޚަރަދުތަކުގެ ތަފުސީލު މިނިސްޓްރީ އޮފް ފިނޭންސަށް ރިޕޯޓުކުރުމަށާއި، އިމަރޖެންސީ ޕްރޮކިއުމަންޓުގެ ތެރެއިން ޕްރޮކިއުކުރާއިރު އުސޫލުތަކަށް ބަލައިގެން އެކަން ކުރުމަށް އަންގާފައި ވެއެވެ.

އިމަރޖެންސީ އެއްބަސްވުންތައް ހަދާއިރު، މާލިއްޔަތު ގަވައިދުގައިވާ އަސާސީ މިންގަނޑަށް އެއްބަސްވުންތައް ހެދުމަށް ފިނޭންސުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މަސައްކަތް ޙަވާލުކުރެވޭ ކުންފުނިތަކާއި ފަރާތްތަކަކީ، މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު ބައެއްތޯ ކަށަވަރުކުރަން އަންގާފައި ވެއެވެ.

މި ލިޔުން ފިނޭންސް އިން ޝާއިއު ކުރީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން އަދި އިދާރާތައް އެކުއެކީ ކުރަމުން ގެންދާ އެންމެހައި މަސައްކަތްތަކާއި ކަންކަން، ކުރަމުންގެންދަނީ، ކޮރަޕްޝަނުގެ ޢަމަލުތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަޤީންކުރުމަށްޓަކަ އެވެ.

މި ދަނޑިވަޅުގައި ކޮރަޕްޝަންގެ އަމަލުތަކަށް ހުޅުވިފައިވާ ދޮރުތައް އިތުރުކަން ފާހަގަކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދު ނާމާއެއް ޝާއިއުކޮށްފަ އެވެ. އަދި މި އިރުޝާދު ނާމާއަށް ރިއާޔަތްކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައި އިލެކްޝަންތައް ނުބޭއްވިގެން އުޅެނީ ފިނޭންސުން ބަޖެޓް ހަމަޖައްސައިނުދީގެން!

ބައި އިލެކްޝަންތައް ނުބޭއްވިގެން އުޅެނީ ފިނޭންސުން ބަޖެޓް ހަމަޖައްސައިނުދީގެން!

04 އޮކްޓޯބަރު 2017
ޕްރޮސެކިއުޓަރ ޖެނަރަލް ބިޝާމްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވެއްޖެ

ޕްރޮސެކިއުޓަރ ޖެނަރަލް ބިޝާމްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވެއްޖެ

05 ސެޕްޓެމްބަރު 2017
ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަޑު ކަނޑުވާލަން:ޑރ. މަޖީދު

ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަޑު ކަނޑުވާލަން:ޑރ. މަޖީދު

13 ޖުލައި 2017
ތެލުގެ ޑިއުޓީ 5 ޕަސެންޓަށް ކުޑަކުރަން ފާސްކުރި ބިލް ތަސްދީގުކުރައްވައިފި

ތެލުގެ ޑިއުޓީ 5 ޕަސެންޓަށް ކުޑަކުރަން ފާސްކުރި ބިލް ތަސްދީގުކުރައްވައިފި

15 ޖޫން 2017
ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ

ވަކި ފަރާތަކަށް ވީތީ ކޮރަޕްޝަންގެ މައްސަލަ އެއް ނުބަލާ ދޫކޮށްލާފަ އެއް ނުވާނެ: ލުތުފީ

10 މެއި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު