Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ނޫސްވެރިންގެ މަސައްކަތް

"ކޮވިޑް-19 ގެ ކާރިޘާގެ ވާހަކަ ތާރީޚުގައި ލިޔެވިގެންދާނީ ނޫސްވެރިންގެ ޚިދުމަތުގެ ވާހަކައާއެކު"

މި ފުރުޞަތަކީ ޙަޔާތުގައިވެސް ލިބިލެއްވި އެންމެ ބޮޑު ފަޚުރުކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2020 | އާދީއްތަ 21:51
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ނޫސްވެރިންނާ ވާހަކަދައްކަވަނީ

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ނޫސްވެރިންނާ ވާހަކަދައްކަވަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންގޮސް ރާއްޖެއާ ހިސާބަށްވެސް އައިސްފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވާހަކަ ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނީ ނޫސްވެރިންގެ ޚިދުމަތުގެ ވާހަކައާއެކުކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން މަބްރޫކު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި މީޑިއާތަކުން ޚަބަރުތައް ގެނެސްދިނުމުގައި ގެއަށް ނުގޮސް ޙަރަކާތްތެރި ވަމުންދާއިރު، ބައެއް ފަރާތްތަކުން ގޭގައި ތިބެގެންވެސް ރައްޔިތުންނަށް ޚަބަރު ފޯރުކޮށްދިނުމުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް-19 ގެ ކާރިޘާގެ ވާހަކަ ތާރީޚުގައި ލިއެވިގެންދާއިރު، ނޫސްވެރިންގެ ޚިދުމަތުގެ ވާހަކަވެސް ލިއެވިގެންދާނެ ކަމަށެވެ. އަދި އެކަމުގައި ނޫސްވެރިންނަށް އެހީތެރިވެދިނުމަށް ލިބިގެންދާ މި ފުރުޞަތަކީ ޙަޔާތުގައިވެސް ލިބިލެއްވި އެންމެ ބޮޑު ފަޚުރުކަމަށް މަބްރޫކު ވިދާޅުވިއެވެ.

އެގޮތުން ނޫސްވެރިން ލިޔާ ލިއުމަކީ މީހެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ވަރުގެ ކަމެއްކަން ފާހަގަކުރައްވައި މަބްރޫކު ވިދާޅުވީ، އެއާއެކު ރަނގަޅު މަޢުލޫމާތު ވަގުތުން ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ހާމަކަން ބޮޑު ގޮތެއްގައި ޚަބަރުތައް ގެނެސްދެންޖެހޭ ކަމަށެވެ. އަދި ނޫސްވެރިން ކުރަމުންދާ މަސައްކަތުގައި ތަފާތު ކުރުމެއްނެތި މަޢުލޫމާތު ދެއްވާނެކަން މަބްރޫކު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ސްޓޭޝަންގައި "ލޮކްޑައުން" ވެތިބެ ޚަބަރުތައް ފޯރުކޮށްދެމުން ގެންދާއިރު، ކޮވިޑް-19 އާއި ގުޅިގެން މާލެސިޓީގައި އިޢލާނުކޮށްފައިވާ ފުރަބަންދުގެ ޙާލަތު ނިމެންދެން، ރާއްޖެޓީވީންވެސް ވަނީ މުވައްޒަފުން ރާއްޖެޓީވީ ހިނގަމުންދާ ޢިމާރާތުގައި ތިބުމަށް ނިންމާފައެވެ. މިގޮތުން ފުރަބަންދުގެ މުއްދަތު ނިމެންދެން ސްޓޭޝަންގައި ތިބޭ މުވައްޒަފުން ނޫން މުވައްޒަފުން ދަނީ ގޭގައި ތިބެގެން ޚަބަރު ފޯރުކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު