Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ގަ މަރުވި މީހާގެ ރިޕޯޓް

ނިޔާވި އާމިނަތު އާދަމްގެ ރިޕޯޓު އަންނަ ހަފުތާގައި ލިބޭނެ: މަބްރޫކް

3 މެއި 2020 | އާދީއްތަ 21:48

ސާމްޕަލް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ހާމަކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 މެއި 2020 | އާދީއްތަ 21:48
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި އާމިނަތު އާދަމް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި އާމިނަތު އާދަމް

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއިން ފުރަތަމަ ނިޔާވި އާމިނަތު އާދަމްގެ ރިޕޯޓު އަންނަ ހަފުތާގައި ލިބޭނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަބްރޫކް ވިދާޅުވީ އާމިނަތު އާދަމްގެ މަރުގެ ރިޕޯޓު ނިމޭނެ ދުވަހުގެ ތާރީޚެއް އަދި ބުނަން ސީދާ ނޭނގޭ ކަމަށާއި، އެހެންނަމަވެސް އަންނަ ހަފުތާ ފެށޭތާނގައި ރިޕޯޓެއްގައި ސިފައިިގަ ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ނިޔާވި ފަހުން ކޮވިޑް-19 އަށް އާމިނަތު އާދަމްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ނިޔާވީ އެ ދުވަހު ނޭވާލާން އުނދަގޫ ވެގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގެންދިޔަ މަގުމަތީގައ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އާމިނަތު އާދަމް ޕޮޒިޓިވްވެފައިވަނީ އެމްއެޗްއޭ ކްލަސްޓަރއާއި ގުޅުންހުރި ކޭސްއެއްގެ ފަރާތުންނެވެ. އަދި މި ކްލަސްޓަރ ފެށިފައި އޮތީ ކޭސް 72 ންނެވެ. ކޭސް 72 ގެ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި އިނގޭ ކޭސްއަކީ 126 ވަނަ ކޭސްއެވެ. އަދި 126 ވަނަ ކޭސް، 280 ވަނަ ކޭސް (އާމިނަތު އާދަމް) އާއި ބައްދަލުވި މީހާގެ ގޮތުގައި ވަނީ ފާހަގަ ވެފައެވެ.

ކޭސް 72 ގައި ހިމެނޭ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޭސް 280 (އާމިނަތު އާދަމް) ދިރިއުޅޭ ބިލްޑިންގ މޮނިޓަރިންގގެ ޙާލަތަށް އެޕްރީލް 21 ވަނަ ދުވަހު ގެންގޮސްފައިވެއެވެ. ނަމަވެސް އެޕްރީލް 21 ވަނަ ދުވަހު އެ ބިލްޑިންގ މޮނީޓަރިންގެ ޙާލަތަށް ގެންދެވުނު މައިގަނޑު ސަބަބަކީ އެމްއެޗްއޭގެ 2 ޑްރައިވަރުން އެ ޢިމާރާތުގެ އެހެން ފަންގިފިލާއެއްގައި ދިރިއުޅެމުންދާތީއެވެ. އަދި މިކަން މިގޮތަށް ދަމުން ގޮސް އެޕްރީލް 23 ވަނަ ދުވަހު 126 ވަނަ ކޭސް ގައި ހިމެނޭ މީހާ މި ބައްޔަށް ޕޮޒިޓިވްވިއެވެ.

އަދި ކޭސް 126 ގެ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން 280 ވަނަ ކޭސް (އާމިނަތު އާދަމް) އަކީ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވެފައިވެއެވެ. މި ކޭސް ދެނެގަނެވިފައިވަނީ 25 އެޕްރީލް ގައެވެ. މިކަމާއި ގުޅިގެން އާމިނަތު އާދަމްގެ ގޭގެ މޮނިޓަރިންގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.

އާމިނަތު އާދަމްގެ ސާމްޕަލް ނެގުމަށް އިންޓަރނަލް ސިސްޓަމްގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް ރިކުއެސްޓް ފޮނުވާފައި އޮތީ 27 އެޕްރީލްގެ ދަންވަރު 3:45 ގައެވެ. އަދި ފަތިހު 5:30 ގައި އައިޖީއެމްއެޗަށް އެ ސާމްޕަލް ވަނީ ގޮސްފައެވެ. ސާމްޕަލްގެ ނަތިޖާ ލިބިފައިވަނީ 29 ވަނަ ދުވަހުގެ މެންދަމު 12:00 ގައި އާމިނަތު އާދަމް ނިޔާވި ފަހުންނެވެ.

އާމިނަތު އާދަމަކީ ދިގުމުއްދަތަކަށް ބޭސް ބޭނުންކުރަމުން ދިޔަ މީހެކެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް