Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށުގެ މޮނިޓަރިންގ ހާލަތު

ނ ކެނދިކުޅުދޫގެ މޮނިޓަރިންގ އުވާލައިފި

ރާއްޖޭގެ ގިނަ ބައެއް ރަށްރަށް އަދިވެސް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2020 | އާދީއްތަ 17:34
ނ ކެނދިކުޅުދޫ- ރަށް ވަނީ އާންމު ޙާލަތަށް ގެނެވިފައި

ނ ކެނދިކުޅުދޫ- ރަށް ވަނީ އާންމު ޙާލަތަށް ގެނެވިފައި

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ނ ކެނދިކުޅުދޫގެ މޮނިޓަރިންގެ ޙާލަތު އުވާލާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ނ ކެނދިކުޅުދޫ މޮނިޓަރިންގެ ޙާލަތުން އާންމު ޙާލަތަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އޭގެއިތުރުން، މިހާރުވެސް 452 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި ކަމަށާއި، ކަރަންޓީން ފެސިލިޓީތަކުގައި 1541 މީހުން ތިބިކަން މަބްރޫކު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށް މޮނިޓަރިންގެ ޙާލަތަށް ގެންދިއުމާއި، މޮނިޓަރިންގ އުވާލުމުގެ ބާރު ލިބިގެންވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ބެލުމަށް ކަނޑައެޅިފައިވާ ކަންކަން ބަލައިނިމި، މޮނިޓަރިންގ ގެ ޙާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތްކަން ޑީޖީއަށް ފާހަގަކުރެވުމުން ބައެއް ރަށްރަށުގެ މޮނިޓަރިންގ އުވާލަމުންދެއެވެ.

ހޮނިހިރު ދުވަހުގެރޭވެސް 4 ތަނެއްގެ މޮނިޓަރިންގ އުވާލާފައިވާއިރު، އޭގެ ތެރޭގައި ދަރުމަ ދޯނި، އަދި ބ ކެންދޫ، ހއ އުތީމުގެ އިތުރުން، ހއ ދިއްދޫވެސް ހިމެނެއެވެ.

މިހާރުވެސް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ގިނަ ބައެއް ރަށްރަށް އަދިވެސް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2018

ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޝަމީމްގެ ސަސްޕެންޝަން އުވާލައިފި

16 ޖެނުއަރީ 2018
ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޝަމީމްގެ ސަސްޕެންޝަން އުވާލައިފި
16 ޖެނުއަރީ 2018

ވަކީލު ހަސީންގެ ސަސްޕެންޝަން އުވާލައިފި

16 ޖެނުއަރީ 2018
ވަކީލު ހަސީންގެ ސަސްޕެންޝަން އުވާލައިފި
28 ޑިސެމްބަރު 2017

ހުއްދަ ނުހޯދައި ޑިޕްލޮމެޓުންނާއި ބައްދަލުކުރުން މަނާކުރި ސާކިއުލަރ އެންމެ ފަހުން އުވާލައިފި

28 ޑިސެމްބަރު 2017
ހުއްދަ ނުހޯދައި ޑިޕްލޮމެޓުންނާއި  ބައްދަލުކުރުން މަނާކުރި ސާކިއުލަރ އެންމެ ފަހުން އުވާލައިފި
13 ނޮވެމްބަރު 2017

އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

13 ނޮވެމްބަރު 2017
އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
12 ނޮވެމްބަރު 2017

ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި

12 ނޮވެމްބަރު 2017
ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު