Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާއިން ރާއްޖެއަށްދޭ އެހީ

ޗައިނާއިން ދެމުން ގެންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރައްވައިފި

2 މެއި 2020 | ހޮނިހިރު 13:43

ޗައިނާގެ ރައީސަށް ފޮރިން މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 މެއި 2020 | ހޮނިހިރު 13:43
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ޗައިނާ ސަފީރު ޒަންގް ލިޖޯންގް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ޗައިނާ ސަފީރު ޒަންގް ލިޖޯންގް

ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެ އަށް ޗައިނާ ދެމުންގެންދާ އެހީތެރި ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޝުކުުރު އަދާކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު މިނިސްޓަރ ޝާހިދު ނެރުއްވާފައިވާ ބަޔާނުގައި ވަނީ މީގެ އެއްމަސް ދުވަސް ކުރިން ވެސް ޗައިނާއިން ރާއްޖޭގައި އޮތް ކޮވިޑް19 ގެ ބަލިމަޑުކަމަށް އެވަގުތަށް އެންމެ ބޭނުންވި ޞިއްޙީ ސާމާނު, ހިލޭ އެހީގެ ގޮތުގައި އެ މުހިންމު ދަނޑިވަޅުގައި ހަދިޔާކޮށް ދެއްވާފައިކަން ފާހަގަ ކުރައްވާފައެވެ. އަދި ހޮނިހިރު ދުވަހު އަނެއްކާވެސް ފުލައިޓެއް ފުރާ, މި ބަލިމަޑުކަމުން ދިފާޢު ވުމަށް ބޭނުންވާ ޞިއްޙީ އާލާތާއި، ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދާއިރު އެކަމަށްޓަކައި އެޤައުމަށް ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވާ ކަމަށް ބަޔާނުގައި ވެއެވެ. މި އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައިކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައިއެވެ.

Advertisement - newsAdvertisement

އެހެންކަމުން ޗައިނާގެ ރައީސް ޝި ޖިންޕިންގ އަށާއި, ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ލޮބުވެތި ރައްޔިތުންނަށް މިނިސްޓަރ ވަނީ ޝުކުުރު އަދާކުރައްވަފައެވެ.

މީގެ އިތުރުން މި ދަތި ހައްސާސް ދަނޑިވަޅުގައި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދެއްވި ޗައިނާގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި, ކުންފުނިތަކަށް, އެ ފަރާތްތަކުން ވެދިން މަދަދާއި ބެހެއްޓެވި ހެޔޮ ގާތްކަމަށްޓަކައިވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާ އެމްބަސަޑަރު ޒާންކް ލީ ޒޮންގް, ދިވެހި ރައްޔިތުންނާއި މެދު ޗައިނާއިން ބާއްވާ އެކުވެރިކަމާއި އެއްބާރުލުން ފުރިހަމައަށް ތަމްސީލު ކޮށްދެއްވާކަން މިނިސްޓަރުގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.

މިނިސްޓަރ ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖެއަށް މިއަދު ފޮނުވި ހިލޭ އެހީގެ އިތުރުން, އެޤައުމުގައި ތިބި އެކުވެރި ހެޔޮއެދޭ ފަރާތްތަކުގެ އެހީ ވެސް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޤުބޫލު އެހީދޭ ޖަމްޢިއްޔާތަކާއި, ކުންފުނިތަކާއި އަދި ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރަމުންދާ ޗައިނާގެ ބައެއް ކުންފުނިތައް ހިމެނެއެވެ. އަދި އަލީބާބާ ފައުންޑޭޝަން / ޖެކްމާ ފައުންޑޭޝަން, ޗައިނާ މާރޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް, ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕޮރޭޝަން, ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯ ލިމިޓެޑް, ޑޮންގފެންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން, ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް, ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިންގ ކޯ ލިމިޓެޑް އާއި ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް ހިމެނޭކަން ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރުން ކޮވިޑް19 އިން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ވަނީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން މިއަދުގެ ފްލައިޓް ޗާޓަރ ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން އެފަރާތުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ހަމަ އެއާއިއެކު ސަރުކާރުން ޤާއިމުކުރާ އިމަރމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތްރައްވަމުންނެވެ. ރާއްޖޭގައި މިވަގުތު ތިއްބެވި ޗައިނާގެ ފަރާތްތަކުން ފޯރުކޮށްދެއްވާ މިފަދަ އަގުހުރި ޚިދުމަތްތައް ބަލައިގަންނަވާ މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާޞިލުވެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް