Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ށް ފަރުވާ ދިނުމަށް ޖާގަ އިތުރު ކުރުން

ޓްރީ ޓޮޕް ހޮސްޕިޓަލް އޮޕަރޭޝަނަލައިޒް ކުރެވޭއިރު، އެނދުމަތި ކުރަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވެދާނެ: އައިޖީއެމްއެޗް

2 މެއި 2020 | ހޮނިހިރު 11:51

އެނދުމަތި ކުރަންޖެހޭ ޕޭޝަންޓުންގެ އަދަދު އިތުރުވެގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2020 | ހޮނިހިރު 11:51
އައިޖީއެމްއެޗްއާ ޓްރީޓޮޕް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައި

އައިޖީއެމްއެޗްއާ ޓްރީޓޮޕް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައި

ޓްރީޓޮޕް ހޮސްޕިޓަލް ދެދުވަހުގެ ތެރޭގައި އޮޕަރޭޝަނަލައިޒް ކުރެވޭއިރު، އެނދުމަތި ކުރަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވެގެންދާނެކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގެ މެޑިކަލް ޑައިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒީމް ވިދާޅުވީ މަޝްވަރާތަކަށްފަހު ޓްރީޓޮޕް ހޮސްޕިޓަލާއެކު އެއްބަސްވުމަކަށް އާދެވި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިހާރުގެ ކެޕޭސިޓީއަށް އަލިއަޅުއްވާލައްވާ ޑރ. ނަޒީމް ވިދާޅުވީ ޑީއެޗް-11 ގައި އިންޓެންސިވް ކެއަރ ގޮތުގައި ބޭނުން ކުރަނީ 10 އެނދު ކަމަށެވެ. ޑީއެޗް-16 އަކީ މާބަނޑު އަންހެނުންގެ ރެސްޕޮންސްއަށް މީގެ ގާތްގަނޑަކަށް 5 ވަރަކަށް ހަފުތާ ކުރިން އޮޕަރޭޝަނަލައިޒް ކޮށްފައިވާ ތަނެއް ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑީއެޗް-17 އަކީ ޑީއެޗް-10 އިން ޑައުންގްރޭޑް ކުރާއިރުގައި ބަލިމީހުން ޝިޕްޓްކޮށް ބައިތިއްބަން ހަމަޖައްސާފައި އިންނަ ފްލޯރ އެއް ކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނާތީ އެނދުމަތި ކުރަންޖެހޭ ބަލިމީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވުމުގެ ފުރުޞަތު އޮތުމުން އެކަމަށްވެސް ތައްޔާރުވަމުން އަންނަކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.

ޑރ. ނަޒީމް ވިދާޅުވީ މިއޮޕަރޭޝަން ކުރިއަށް ގެންދަނީ އައިޖީއެމްއެޗާއި، ޓްރީޓޮޕްގެ ގުޅިގެން ކަމަށެވެ. އެގޮތުން، ބަލި މީހުން ބެލުމުގެ މަސައްކަތުގައި ވެސް ޓްރީޓޮޕްގެ މުވައްޒަފުންގެ އެހީ ހޯދަމުން އަންނަ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.

ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗް ޓީމުތައް ބޭނުންވާ ޢަދަދަށް، ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމާ ގުޅެމުންދާނެ ކަމަށެވެ. އެގޮތުން އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރުންނާއި، ޕަލްމޮރޮލޮޖިސްޓުން އަދި ކުޑަކުދިން އެޑްމިޓް ކެރެވުންދާނަމަ، ކުޑަ ކުދިންނަށް ޚާއްސަ ޑޮކްޓަރުންނާއި، މާބަނޑު އަންހެނުން އެޑްމިޓްކުރާނަމަ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން ޙަރަކާތްތެރިވާނެ ކަމަށެވެ.

ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗްގެ ކްލިނިކަލް ފަރުވާގެ ބައި ވަރަށް ބޮޑަށް ބަލަހައްޓަމުންދާ ކަމަށެވެ. އެގޮތުން، ޚާއްޞަ ރޫޓެއް ކަނޑައެޅިގެން ފަރުވާ ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗް މެޑިކަލް ރެސްޕޮންސް ފުޅާ ވެގެންދާނެ ކަމަށާއި، އިތުރު ފެސިލިޓީސްތައް އައުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށެވެ.

އައިޖީއެމްއެޗުން ދޭން ޖެހޭ ސަޕޯޓު ދެމުންދާކަން ފާހަގަކުރައްވައި ޑރ. ނަޒީމް ވިދާޅުވީ ޢާންމު އުޞޫލުން ދެމުން އަންނަ ފަރުވާތައް ނުހުއްޓި ކުރިއަށްގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެ ހަފުތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ޑައިލިސިސް ފަރުވާ ހޯދާ މީހުންނަށް އެފަރުވާ ދެމުންދާ ކަަމަށް ޑރ. ވިދާޅުވިއެވެ. އަދި ވިދާޅުވީ އޯޕީޑީ މިހާރު މިކުރިއަށް ދަނީ އޮންލައިން ކްލިނިކްތަކުން ކަމަށެވެ. ނަމަވެސް އިމަރޖެންސީ 24 ގަޑިއިރު ހުޅުވިފައިވާ ކަމަށާއި، ޢާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުން އެކަންކަން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒީމް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ކަރަންޓީން ފެސިލިޓީސްތަކާއި، އައިސޮލޭޝަން ފެސިލިޓީސްތަކުގައި ވެސް އައިޖީއެމްއެޗްގެ މުވައްޒަފުން ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް