Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ކަރަންޓީނު ފެސިލިޓީ

ފަރުކޮޅުފުށީގައި ތިބި މީހުންގެ ތެރެއިން 28 މީހަކު މިރޭ ބަނޑޮހަށް ބަދަލުކުރަނީ

1 މެއި 2020 | ހުކުރު 17:51

19 މީހަކު ފަރުކޮޅުފުށީގައި ރަނގަޅަށް މިވަގުތު ހުރި ވޯރޑްގައި ތިބޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މެއި 2020 | ހުކުރު 17:51
ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީ - ދެވަނަ ފަހަރަށް މަރާމާތުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީ - ދެވަނަ ފަހަރަށް މަރާމާތުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

ކޮވިޑް-19 ޖެހިގެން މިހާރު ފަރުކޮޅުފުށީގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 28 މީހަކު ބަނޑޮހަށް ބަދަލުކުރާނެ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ބަނޑޮހަށް ބަދަލު ކުރަނީ އެ ފެސިލިޓީގައި ދިމާވި ފެންލީކު ވުމާއި ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ހަތެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފަރުކޮޅު ފުށީގައި ގާއިމުކުރި ކަރަންޓީނު ފެސިލިޓީ މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ފަށާފައިވާއިރު އެ ފެސިލިޓީގައި ތިިބި ބަލި މީހުން ވަނީ އެތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބަނޑޮހަށް މިރޭ ބަދަލުކުރަނީ ފަރުކޮޅުފުށީގައި ތިބި މީހުންގެ ތެރެއިން ސިއްހީ ހާލަތު ރަނގަޅު މީހުންކަމަށެވެ.

މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށި މަރާމާތު ކުރުމަށްފަހު އެތަން ބޭނުންކުރަން ފަށާނެކަމަށެވެ. ފަރުކޮޅުފުއްޓަކީ އެންމެ ފުރަތަމަ ރާއްޖޭގައި ގާއިމުކުރެވުނު ކަރަންޓީނު ފެސިލިޓީތަކުގެ ތެރެއިން ފެސިލިޓީއެކެވެ. އެފެސިލިޓީ މަރާމާތު ކުރުމަށްފަހު ހުޅުވާފައިވަނީ 50 އެނދާއި، 2 އައިސީޔޫ އެނދުގެ އިތުރުން، 1 ވެންޓިލޭޓަރުގެ ޚިދުމަތާއެކުއެވެ.

ފަރުކޮޅު އައިސޮލޭޝަން ޚާއްޞަ ކޮށްފައިވަނީ ޕޮޒިޓިވް މީހުންގެ ތެރެއިން "ހައި ރިސްކް" މީހުންނަށެވެ. ޑޮކްޓަރުން ގާތުން މޮނިޓަރ ކުރަން ބޭނުންވާ ބަލި މީހުންނާއި، ރޯގާގެ އަލާމަތްތައް ބޮޑަށް ފެންނަ މީހުން ފަރުކޮޅު އައިސޮލޭޝަނަށް ގެންނާނެ ކަމަށް މަބްރޫކު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި 16 ށް ވުރެ ގިނަ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކޮށްފައިވާއިރު އުތުރާއި ދެކުނުގައިވެސް ވަނީ އެހިސާބުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން 481 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް