Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް

މާލޭގައި ތިބި ކަމަދޫ ރައްޔިތުން ރަށަށް ގެނައުމަށްފަހު 14 ދުވަސް ވަންދެން ބައިތިއްބަނީ ގެސްޓްހައުސްތަކުގައި

1 މެއި 2020 | ހުކުރު 10:26

މީހުން އެއްވެ އުޅުން ވަނީ މަނާކުރެވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 މެއި 2020 | ހުކުރު 10:26
އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ކަމަދޫ ކައުންސިލުން ބުނޭ

އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ކަމަދޫ ކައުންސިލުން ބުނޭ

މާލޭގައި ރަށަށް ނުދެވި ތާށިވެފައި ތިބި ބ. ކަމަދޫ ރައްޔިތުންގެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރަށަށް ގެނައުމަށްފަހު، 14 ދުވަސް ވަންދެން އެމީހުން ބައިތިއްބާނީ ގެސްޓްހައުސް ތަކުގައި ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ކަމަދޫ ކައުންސިލްގެ ރައީސް އަޙްމަދު ސާޖިދު ވިދާޅުވީ ރަށުގެ ޢާންމު ޙާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަަމަށެވެ.

Advertisement - newsAdvertisement

މާލޭގައި ތިބި ކަމަދޫ ރައްޔިތުންގެ ގެނައުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވާ ސާޖިދު ވިދާޅުވީ ބޭސް ފަރުވާއަށާއި، އެހެނިހެން ބޭނުންތަކަށް ގޮސް ތިބި ބައެއް މީހުން މާލޭގައި ތާށިވެފައިވާ ކަމަށެވެ. އަދި އެމީހުންގެ ލިސްޓު ހެދިފައިވާ ކަމަށް ސާޖިދު ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ ކައުންސިލްތަކުން ގެސްޓްހައުސްތަކާ މަޝްވަރާ ކޮށްގެން މިހާރު ބައެއް ގެސްޓްހައުސްތައް ހަމަޖެހިފައިވާ ކަމަށާއި، މާލެއިން ގެނެވޭ މީހުން 14 ދުވަސް ވަންދެން ބައިތިއްބާނީ ގެސްޓުހައުސްތަކުގައި ކަމަށެވެ. ގެތަކުގައި ކައްކާ އެއްޗެހި ޓާސްކްފޯސް މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާޖިދު ވިދާޅުވީ ކުއްލި ޙާލަތުގައި ވެސް ޢަމަލުކުރާނެ ޙާލަތަށް ރަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އައިސޮލޭޓް ކުރަންޖެހޭ ޙާލަތުގައި ވެސް ވަކި ރޫމްތަކެއް ހަމަޖެހިފައިވާ ކަމަށް ސާޖިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިސޯޓުތަކާއި ގުޅިގެން އަންގި، ސެނިޓައިޒަރ، މާސްކް ފަދަ އެއްޗެހި ހޯދާފައިވާ ކަމަށެވެ. ނަމަވެސް ބޭނުންވާ މިންވަރަށް ނެތުމުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ޚާއްސަކޮށް އެތަކެތި ބަހައްޓާފައިވާ ކަމަށް ސާޖިދު ވިދާޅުވިއެވެ.

ބިދޭސީންގެ ޙާލަތަށް އަލިއަޅުއްވާލައްވާ ސާޖިދު ވިދާޅުވީ އެރަށް ކައިރީގައި ގިނަ ރިސޯޓުތަކެއް ހުރުމާއެކު އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ ބިދޭސީން ގިނަ ކަމަށެވެ. އެގޮތުން އެމީހުންނަށް ޚާއްޞަކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދެވިފައިވާ ކަމަށް ސާޖިދު ވިދާޅުވިއެވެ. އަދި ބިދޭސީން ދިރިއުޅޭ ތަންތަނަނަށް ޞިއްޙީ މަރުކަޒުގެ ބޭފުޅުން ޒިޔާރަތްކުރައްވައި އަތްދޮންނަންވާ ގޮތާއި، އިޖްތިމާއި ގައިދުރުކަން ބަހައްޓެމުގެ މުހިންމު ކަމާއި، ބަލީގެ ނުރައްކާތެރިކަން ކިޔައިދެއްވާފައިވާ ކަަމަށެވެ. ކަމަދޫ ކައުންސިލުން މިހާރު ވަނީ ބިދޭސީ ދަފްތަރެއްވެސް އެކުލަވާލާފައެވެ.

ރަށުގެ ޢާންމު ޙާލަތު ރަނގަޅު ނަމަވެސް ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި ސާޖިދު ވިދާޅުވީ ޢާންމުން އެއްވެ އުޅުން މަނާކޮށް، ޖޯލިފަތިތައް ނަގާވާފައިވާ ކަމަށެވެ. ފިހާރަ ހުޅުވާ ވަގުތަށް ބަދަލު ގެނެސް، ވިޔަފާރި ކުރާ އުޞޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ސާޖިދު ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ ޓާސްކްފޯސްއިން އަންގާ އެންގުންތައް ކައުންސިލުން ތަންފީޒު ކުރާ ކަމަށެވެ. މަސައްކަތްތައް ކުރިއަށް ދަނީ ސޯޝަލް ސަޕޯޓް ޑެސްޑް އަދި ސިއްހީ މަރުކަޒުގެ ބޭފުޅުންގެ ލަފައާ އިރުޝާދުގެ ދަށުން ކަމަށް ސާޖިދު ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ ކޮވިޑް-19ން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް