Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސަރަޙައްދު ލޮކްޑައުން ކުރުން

ލޮކްޑައުންގެ ސަބަބުން މާލެއަށް ނާދެވިފައި ތިބި މީހުންގެ މަޢުލޫމާތު ހޯދަނީ

މާލޭ ސަރަޙައްދު ވަނީ ލޮކްޑައުންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އެޕްރީލު 2020 | ބުރާސްފަތި 18:33
މާލޭ ސިޓީ ބަނދަރުމަތި ސަރަޙައްދު

މާލޭ ސިޓީ ބަނދަރުމަތި ސަރަޙައްދު

މާލެ ފުރަބަންދު (ލޮކްޑައުން) ކުރުމުގެ ސަބަބުން އެކި ސަބަބުތަކާހުރެ މާލެ ނާދެވިފައިތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، މާލޭ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެކި ބޭނުމަށް ރަށްރަށަށް ދަތުރުކޮށް މާލޭ ސީޓީގެ ލޮކްޑައުންއާ ގުޅިގެން އެނބުރި ނާދެވިފައި ތިބި ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން 3 މެއި 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލްގެ ނަންބަރު 9955788 އަށް މެސެޖުކޮށް އެ މައުލޫމާތުތައް ހިއްސާކުރުމަށް ވަނީ އެދިފައެއެވެ.

ފުރިހަމަ ނަމާއި، އައިޑީކާޑް ނަމްބަރާއި، ދާއިމީ އެޑްރެސްގެ އިތުރުން، އަތޮޅާއި ރަށް އަދި މިހާރު އުޅޭ އެޑްރެސްގެ މައުލޫމާތު ހިމަނަން ޖެހެއެވެ. އޭގެއިތުރުން، ގުޅޭނެ މޯބައިލް ނަމްބަރަކާއި އީމެއިލްގެ އިތުރުން މާލެއިން ފުރި ތާރީޚުވެސް ހިމަނަން ޖެހޭއިރު، ދަތުރުކުރަން ބޭނުންވާ ސަބަބުވެސް ބަޔާންކުރަން ޖެހޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މާލެ ސިޓީ ލޮކްޑައުން ކުރުމުގެ ސަބަބުން ގިނަ ބަޔަކު ރަށްރަށުގައި ތާށިވެފައި ތިބިއިރު، ރަށްރަށުން އެކި ސަބަބުތަކާހުރެ މާލެ އައިސް މާލޭގައި ތާށިވެފައި ތިބި އެތައް ބަޔަކުވެސް އެބަތިއްބެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު ރަށްރަށުގެ ކައުންސިލުންވެސް ދަނީ ހޯދަމުންނެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު