Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުން ބަނޑޮަހަށް

30 އެޕްރީލު 2020 | ބުރާސްފަތި 00:48

ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ބަނޑޮހަށް ބަދަލު ކުރަނީ އެ ފެސިލިޓީގައި ދިމާވި ފެންލީކު ވުމާއި ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 އެޕްރީލު 2020 | ބުރާސްފަތި 00:48
ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީ

ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީ

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުކޮޅުފުށީގައި ތިބި މީހުން ބަނޑޮސް އައިސޮލޭޝަން ފެސލިޓީ އަށް ބަދަލު ކުރަން ފަށާފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުކޮޅުފުށީގައި ތިބި މީހުންގެ އިތުރުން ދެން މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވާ މީހުން ގެންދާނީ ބަނޑޮސް ފެސިލިޓީ އަށް ކަމަށެވެ. މަބްރޫކު ވިދާޅުވީ ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ބަނޑޮހަށް ބަދަލު ކުރަނީ އެ ފެސިލިޓީގައި ދިމާވި ފެންލީކު ވުމާއި ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

ހަތެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފަރުކޮޅު ފުށީގައި ގާއިމުކުރި ކަރަންޓީނު ފެސިލިޓީ މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ފަށާފައިވާއިރު އެ ފެސިލިޓީގައި ތިިބި ބަލި މީހުން އަންނަނީ އެތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެހެންނަމަވެސް ފަރުކޮޅުފުށި ފެސިލިޓީ އަލުން މަރާމާތު ކުރުމަށް ފަހު ޕޮޒިޓިވްވާ މީހުން ބައިތިއްބުމަށް ބޭނުންކުރާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މީގެއިތުރުން ށ. ނަރުދޫން ޕޮޒިޓިވްވި މީހުން ހއ ދޮނަކުޅި ރިސޯޓަށް ބަދަލު ކުރާނެކަމަށް މަބުރޫކް ވިދާޅުވި އެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީސްތައް ގާއިމުކޮށް އެތަންތަނުން ޚިދުމަތްދޭން ފަށާފަ އެވެ. ށ ނަރުދޫން 8 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހުން ކަރަންޓީނު ފެސިލިޓީއަށް ބަދަލުކުރިލެއް ލަސްކަމުން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާއި ގުޅިގެން މަބްރޫކް ވިދާޅުވީ ޓެގް ޓީމުން ފަހުން ލަފާ ލިބިފައިވަނީ ޕޮޒިޓިވްވާ މީހުން ރަށްރަށުގެ ކަރަންޓީނު ފެސިލިޓީއަށް ލުމުގެ ބަދަލުގައި އެސަރަހައްދެއްގެ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔުމަށް ކަމަށްވާތީ ކަރަންޓީނު ފެސިލިޓީ ގާއިމު ކުރުމަށްފަހު ބަލި މީހުން ގެންދިޔުމަށް ކަމަށްވާތީ އެކަން ލަސްވެގެންދިޔައީ ކަަމަށެވެ.

މިހާތަނަށް އައިއިރު ރާއްޖެއިން 280 މީހަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް