Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރޭސިންގ ތެރެއިން ފާހަގަކުރެވުނު މީހަކު މަރުވުން

ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ފާހަގަ ކުރެވުނު އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

މި މީހާ މަރުވީ ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ފާހަގަވެ ސާމްޕަލް ނަގާފައިވަނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އެޕްރީލު 2020 | ބުދަ 17:54
ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ސާމަޕަލް ނަގައިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހަކު ދަނީ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ސާމަޕަލް ނަގައިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހަކު ދަނީ

ކޮމިއުނިޓީ ސްޕްރެޑާއި ގުޅިގެން ކޮންޓެކްތް ޓްރޭސިންގެ ތެރެއިން ފާހަގަކުރިގެން ސާމްޕަލް ނެގި މީހަކު ނިޔާވެފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި 83 އަހަރުގެ މި މީހާއަކީ ދިގުމުއްދަތަށް ބޭސް ބޭނުންކުރަމުން ދިޔަ މީހެއް ކަމަށާއި، އޭނާ ފާހަގަ ކުރެވިފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓެއްގެ ގޮތުގައި ކަމަށެވެ.

އެމީހާގެ ސާމްޕަލް ނެގިފައިވާ ކަމަށާއި، މިކަމާއި ގުޅިގެން މިއީ ކޮވިޑް ކޭސްއަކަށް ވެދާނެތޯ ނުވަތަ ނޫންތޯ ބެލުމަށް ސާމްޕަލްގެ ނަތީޖާ ކަންތައްތަކާއި އަދި އިތުރު ތަފްސީލުތައް މާދަމާ ޓެގް ޓީމުން ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މީހާގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބުދަ ދުވަހު 78 އަހަރުގެ މީހެއް ނިޔާވެފައިވާ ކަމަށާއި، މިއީ ސާރީ ނުވަތަ ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ އިލްނެސްގެ ކޭސްއެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި މީހާގެ ފުއްޕާމޭގެ މައްސަލައެއް ހުރި ކަމަށާއި، އޭނާ ވެންޓިލޭޓަރަށް ވެސް ލެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން އަންގާރަ ދުވަހު ތިނަދޫގައި މަރުވި މީހާއާއި ބުދަ ދުވަހު މަރުވި މީހާއާއި 2 މީހުންނާއި ދޭތެރޭގައި ވެސް ކަންތައް ކުރެވިފައިވާ ގޮތަކީ 27 ވަނަ ދުވަހު ސާމްޕަލް ނެގުމަށް އެންގި ސާމްޕަލް ނަގަފައިވާ ކަމަށެވެ.

އަދި އެޗްޕީއޭގެ ފަރާތުން އަންގާފައިވާނީ މި 2 ކޭސްގައި ވެސް ހިނެވުމުގެ ކަންތައް ކުރިއަށް ގެންދިއުމަށާއި، އެކަން ކުރަން އިނގޭ ޖަމާއަތްތެރިންގެ ޓީމެއް އެ ރަށުގައި ތިބުމުން، އެ ބޭފުޅުންނަށް ޕީޕީއީ ފޯރުކޮށްދީފައިވާނެ ކަމަށެވެ. މި 2 ކޭސްގެ ސާމްޕަލްގެ ނަތީޖާ ވެސް އަދި ނުލިބެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު