Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަސްޕެންޑް ކުރެވިފައިވާ ކެންޑިޑޭޓުންގެ ސަސްޕެންޝަނ

ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސް މުވައްޒަފުން 6 މާރޗުން ފެށިގެން ސަސްޕެންޝަން އުވާލަން ފާސްކޮށްފި

29 އެޕްރީލު 2020 | ބުދަ 12:19

ސަރުކާރުން ހުށަހެޅި ގޮތް މަޖިލީހުގެ ކޮމެޓީން ވަނީ އިސްލާހު ކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އެޕްރީލު 2020 | ބުދަ 12:19
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން

ކޮވިޑް-19 ރޯގާއާއި ގުޅިގެން ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވުފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ ޚާއްޞަ ބިލު (ސަންސެޓް ބިލް) ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާގުޅިގެން، މިހާރު ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން މައްސަލައަށް ހައްލެއް ލިބިގެން ހިނގައްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި އެބިލު ފާސްކޮށްފައިވަނީ، އެބިލް ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމިގޮތުގެ ރިޕޯޓަށް ހުށަހެޅުނު އިޞްލާޙުތަކާއެކުގަ އެވެ.

Advertisement - newsAdvertisement

އެގޮތުން ކޮމެޓީ ރިޕޯޓަށް ހުށަހެޅުނު އެއް އިޞްލާޙަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން މައްސައާ ގުޅިގެން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިޞްލާޙެކެވެ.

ހިސާން ހުށަހެޅުއްވި އިޞްލާޙުގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ ޚާއްޞަ ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020ގައި، ވާދަކުރާނެ ކެންޑިޑޭޓުންކަމުގައި 6 މާރޗު 2020ގައި، އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ، ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ، ސިވިލް ސަރވިސްގެ މުވައްޒަފުން، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) 13 ވަނަ މާއްދާގެ ދަށުން، އެތާރީޚުން (6 މާރޗު 2020) ފެށިގެން ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތްއޮތުން ބާޠިލުވީއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި، ބިލުގައި ވެސް ބުނެފައިވަނީ ހިސާން ހުށަހެޅުއްވި ގޮތަށެވެ. ނަމަވެސް އެބިލަށް ކޮމެޓީން ވަނީ އިޞްލާޙު ގެނެސްފައެވެ.

ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ބުނަނީ، ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން 4 އޭޕްރީލްއިން ފެށިގެން ބާތިލްވާ ގޮތަށެވެ. ސަބަބެއް ކަމަށް ކޮމެޓީ ރިޕޯޓްގައި ބުނެފައި ވަނީ، އެއީ އިންތިހާބު ބާއްވަން ފުރަތަމަ އިއުލާން ކުރެވުނު ތާރީހް ކަމަށްވާތީ ކަމަށާއި އެއީ މިވަގުތަށް އެންމެ އަދުލްވެރި ގޮތްކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ކޮމެޓީގެ ރިޕޯޓަށް ހިސާން އެ އިޞްލާޙު ހުށަހެޅުއްވީ، އެރިޕޯޓުގައި އޮތްގޮތުން ކުރިން ހިނގާފައިވާކަމަކަށް، ފަހުން އަންނަ ޤާނޫނަކުން (ރެޓްރޮސްޕެކްޓިވް) އަމަލު ކުރެވޭގޮތަށް ކަންކަން ކުރުމަކީ ޤަބޫލު ކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވެއެވެ. އަދި އެއީ މަޖިލީހުން ޢަމަލު ކުރަން އެހާ ރަނގަޅު ގޮތެއް ވެސް ނޫންކަމަށެވެ.

މީގެއިތުރުން، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވެސް އިޞްލާޙެއް ހުށަހެޅުއްވި އެވެ. ސަލީމު ހުށަހެޅުއްވި އިޞްލާޙުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ، ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސް މުވައްޒަފުންގެ ބަދަލުގައި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވުމާއި ގުޅިގެން ސަސްޕެންޑް ކުރެވިފައިވާ ހުރިހާ ކެންޑިޑޭޓުންގެ ސަސްޕެންޝަން ބާޠިލުވާ ގޮތަށެވެ. މާނައަކީ ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސް ކެންޑިޑޭޓުން ނޫން ކެންޑިޑޭޓަކު ސަސްޕެންޝަނުގައި ހުރިނަމަ، އެޙައްޤު އެ ކެންޑިޑޭޓަކަށްވެސް ލިބޭގޮތަށެވެ.

ސަލީމް އެގޮތަށް ހުށަހެޅުއްވި ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބުނަނީ ހަމައެކަނި ސިވިލް ސަރވިސް މުވައްޒަފުންގެ ވާހަކައެވެ. އަދި ސަލީމް ހުށަހެޅުއްވި އިޞްލާޙަށް ވޯޓަށް އައްސަވާފައިނުވަނީ އޭގެކުރިން، ހިސާން ހުށަހެޅުއްވި އިޞްލާޙު މަޖިލީހުން ފާސްވުމާއި ގުޅިގެންނެވެ.

މިބިލަށް ޢަމަލު ކަރަށް ފަށާނީ ރައީސުލްޖުމްހޫރިއްޔާ މިބިލު ތަޞްދީޤުކުރައްވާ ދުވަހު ފެށިގެންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް