Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުންޔާ މައުމޫން

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

15 އެޕްރީލު 2018 | އާދީއްތަ 12:20

ދުންޔާއަށް ސަރުކާރު ގޯސްވީ އަމިއްލަ އެދުން ބޮޑުވުމުންކަމަށް އަބްދުއްރަހީމް ތުހުމަތުކުރައްވާ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 15 އެޕްރީލު 2018 | އާދީއްތަ 12:20
ދުންޔާ މައުމޫން ބޭރުގައި އުޅުއްވި އިރު ރައީސް މައުމޫނާއިއެކު

ދުންޔާ މައުމޫން ބޭރުގައި އުޅުއްވި އިރު ރައީސް މައުމޫނާއިއެކު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ސިޔާސީ ހަރަކާތްތަކާއި، އެކަމަނާ ކުރައްވާ ޓުވީޓްތަކަކީ މިހާރަކަށް އައިސް ވަރަށް ތަފާތު ގޮތަކަށް ރައްޔިތުން ބަލައިގަންނަ ކަންތައްތަކެކެވެ. ބައްޕާފުޅު އެކަށީގެންވާ ހެއްކެއް ނެތް މައްސަލައެއްގައި ޖަލުގައި ބަންދުކޮށްގެން އަމިއްލަފުޅު ބޮޑުބޭބެގެ ސަރުކާރުން ގެންގުޅޭއިރު އެކަން އެއީ ކަމުނުދާކަމެއްކަން ވިސްނިވަޑައިގަންނަވަން އެކަމަނާ މާގިނަ ދުވަސް ނެންގެވި ހިސާބުން އެކަމަނާގެ އިޚުލާސްތެރިކަމާއިއެކު މީހުން ސުވާލު އުފައްދަން ފެށިއެވެ. އެއްމާބަނޑު ބޭފުޅާ ޔުމްނާ މައުމޫން ބުރަކޮށް އިސްލާހީ މަސައްކަތުގައި އުޅުއްވާއިރު، ދުންޔާ މާ ދުރުދުރުން އުޅުއްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ދުންޔާއަށް ފާޑުކިޔާ ފަރާތްތަކުން އެކަމަނާގެ ޓުވީޓުތައް ވަކިން ބޮޑަށް ފާހަގަ ކުރައްވައެވެ. ބައްޕާފުޅާއި ކޮއްކޯފުޅު އަދި ޅިޔަނު ޖަލުގައި ބަންދުކޮށްފައިވާއިރު، އެކަމަނާގެ ޓުވީޓުތައް އަދިވެސް ވައްތަރީ އަރާވަޑައިގަންނަވާނެ ކޮޅެއް ނޭނގިގެން އުޅުއްވާ ބޭފުޅަކު ކުރައްވާ ޓުވީޓުތަކާއިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ސަރުކާރުން ކުރާ ކަންތައްތަކަށް އެހެން ބޭފުޅުންނެކޭ އެއްގޮތަށް ފާޅުގައި ފާޑުވިދާޅުވާން ދުންޔާއަށް ކެރިވަޑައިނުގަންނަވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. "ދުންޔާއަށް ސަރުކާރު ގޯސްވީ އަމިއްލަ އެދުން ބޮޑުވުމުން" ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅަކާއި ގުޅޭ ޚަބަރެއް އޮންލައިން ނޫހަކުން ލިޔުނީމާ، އެޔަށް ދުންޔާ ދެއްވި ޖަވާބަކީ 'ތިންކިންގ ފޭސް' އިމޯޖީއެކެވެ. އަބްދުއްރަހީމް އެވިދާޅުވި އެއްޗެއް ވިސްނިވަޑައި ނުގެންނެވިނަމަ، ވިސްނިވަޑައި ނުގެންނެވި ސަބަބު ހާމަކޮށްދެއްވިނަމަ އަބްދުއްރަހީމް އެދެއްކެވި ވާހަކަފުޅުގައި ޤަބޫލުކުރަން ނުޖެހޭ ވާހަކައެއް އޮތްނަމަ، އެއީ ކޮން ވާހަކައެއްކަން އެނގޭނެއެވެ.

ފަހަރުގައި މީހަކު ދައްކާހާ ވާހަކަޔަކަށް ޖަވާބު ދޭން ނުޖެހިދާނެއެވެ. އެހެން ނަމަވެސް، ދުންޔާ ކަހަލަ ޕަބްލިކް ފިގަރ އަކަށް އަމާޒުވާ އެފަދަ ވާހަކަތަކަށް އެކަށީގެންވާ ރައްދެއް ނުދެވޭނަމަ އެކަން ޤަބޫލުކުރާނެ މީހުން ތިބޭނެއެވެ.

ދެންވެސް އޮތީ ހަމަ ދުންޔާގެ ޓުވީޓުތަކުގެ އެހެން ވާހަކައެކެވެ. ރައީސް މައުމޫން، ދުންޔާގެ ބަހުންނަމަ 'ޤައުމުގެ ބައްޕަ'، މިނިވަންކުރަން ގޮވާލައްވާ ދޭތެރެ ދޭތެރެއިން ދުންޔާ ޓުވީޓު ކުރައްވައެވެ. އެކަމަކު ކޮންމެ ޓުވީޓެއްގައިކަހަލަ ގޮތަކަށް ދުންޔާ ޓުވީޓު ކުރައްވަނީ ބައިނަލްއަޤްވާމީ މުޖްތަމައުގެ އޮފިޝަލުންނާއި މީޑިއާތަކެވެ. އެއީ އުޞޫލެއްގެ ގޮތުން މައްސަލައެއް ނޫނެވެ. އެކަމަކު އެއިން ޓުވީޓެއްގައި ސަރުކާރު އޮފިޝަލެއް ޓެގް ކޮށްލެއްވިިއްޔާ ކީއްތޯއެވެ؟ އަބްދުއްރަހީމް ނުވަތަ ނިހާން ފަދަ ބޭފުޅަކު ޓުވީޓު ކޮށްލައްވަން ކެރިވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ ގައިމު ޕްރިންސް ޒައިދު ރާދު އަލް ހުސައިން ނުވަތަ ސުޝްމާ ސްވަރާޖް ނުވަތަ މަންގަލަ ސަމަރަވީރަ ނުވަތަ ޕްޓްރީޝިއާ ސްކޮޓްލެންޑް ޓެގް ކުރައްވައިގެން ނިކުން ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ނިކުންނާނެއެވެ. ޕްރިންސް ޒައިދަށް ވަކި އިތުރަށް ކުރެވޭނީ ކީއްތޯއެވެ؟ އިންޑިއާއިން ނުވަތަ ލަންކާއިން ބުނާ ބަހެއް ދިވެހިން ނާހާއިރު، މަންގަލަ ސަމަރަވީރަ އަށް ނުވަތަ ސުޝްމާ ސުވަރާޖަށް ކުރެވޭނީ ކީއްތޯއެވެ؟ ދިވެހި ރާއްޖެއިން ކޮމަންވެލްތުން ވަކިވީމާ، ޕެޓްރީޝިއާ ސްކޮޓްލެންޑަށް ވަކި ކުރެވޭނީ ކީއްތޯއެވެ؟

އެހެންވީމާ އަބްދުއްރަހީމަށް އިމޯޖީއަކުން ޖަވާބު ނުދެއްވާ ދުންޔާ ވެސް ކެރިވަޑައިގެން ސިޔާސީ މައިދާނަށް ނިކުންނަވަން ޖެހެއެވެ. ޔުމްނާ މައުމޫންގެ އެހެރަ ހިތްވަރާއި ކެރުން ނެތިއްޔާ ދުންޔާ ގޭގައި މަޑުކޮށްލެއްވުން މާރަނގަޅުވާނެ ނޫންތޯއެވެ؟

ދުންޔާ މައުމޫން ވަޑައިގެން ކޮންމެވެސް ކޮމިޝަނެއްގެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ވާހަކަ އެއް އިރެއްގައި ނޫހަކުން ފެނުނު ހަނދާނެއް ވެއެވެ. އެކަމަނާ އެހެން ބޭފުޅުންނާއި ގުޅިވަޑައިގެން ނުގެން އެކަނި އެމަސައްކަތް ކުރައްވަނީ ކޮން ނަތީޖާއެއް ނިކުމެދާނެ ކަމަށްތޯއެވެ؟ ކުރީގެ ޚާރިޖީ ވަޒީރުންނަށް ވުރެ، ދުންޔާގެ ޑިޕްލޮމެސީ ވަރުގަދައީތޯއެވެ؟ އެހެން ކަމަށްވާނަމަ އެކަމަނާގެ ޑިޕްލޮމެސީ ބޭނުން ކުރައްވައިގެން ރައީސް މައުމޫން މިހާރު ހުންނަވާނީ ގޭގައެއެވެ. ގުޅިފައިވާ ޕާޓީތަކުން އެކުރައްވާ މަސައްކަތާއި އެކަމަނާ ގުޅިވަޑައިނުގެން، ބޭރުގެ ޑިޕްލޮމެޓުން ޓެގްކުރައްވާ މޮޅެތި ޓުވީޓުތައް ކުރެއްވުމަކުން ވާނެ މޮޅެއް އެބައޮތްތޯއެވެ؟

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
28 ޖުލައި 2017

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!
05 ޖޫން 2017

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
07 ޖެނުއަރީ 2017

ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟

07 ޖެނުއަރީ 2017
ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް