Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ ނަރުދޫ ކޮމިއުނިޓީ ސްޕްރެޑް

ށ ނަރުދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް

އަމާޒް ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ފަރާތްތަކެއް ވަނީ އެކަހެރި ކުރެވިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އެޕްރީލު 2020 | އަންގާރަ 20:33
ނަރުދޫ \"އަމާޒް ބޯޓު\"ގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަހެރި ކުރެވިފައި

ނަރުދޫ \"އަމާޒް ބޯޓު\"ގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަހެރި ކުރެވިފައި

ށ. އަތޮޅު ނަރުދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)އިން ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވީ، ނަރުދޫ "އަމާޒް ބޯޓު"ގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގ ގެ ދަށުން މިހާތަނަށް ގިނަ ބަޔަކު ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން އެ ކޭސްއާ ގުޅިގެން މިހާތަނަށް 113 ކޮންޓެކްޓެއް ފާހަގަވެފައިވާއިރު، އޭގެ ތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި އޭގެތެރެއިން 8 މީހުންނަކީ ނަރުދޫއަށް ނިސްބަތްވާ މީހުންނަށްވާއިރު، ނަރުދޫގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އުޅެދާނެކަމަށް ބެލެވޭކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.

މި ކޭސްއާ ގުޅިގެން މިހާރުވެސް އިތުރު ގިނަ ރަށްތަކެއް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާއިރު، އޭގެ ތެރޭގައި ށ އަތޮޅުގެ ރަށްތަކާއި، ނ އަތޮޅުގެ އިތުރުން ހއ އާއި ބ އަތޮޅުގެ ރަށްތަކެއްވެސް ހިމެނެއެވެ.

އެންއީއޯސީން ވަނީ އަމާޒު ބޯޓުން ދަތުރުކުރި މީހުންނާއި އެމީހުންގެ ކޮންޓެކްޓްވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެރަށްރަށުގައި އުޅޭ ފަރާތްތައް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓް ކުރުމަށްވެސް އެދިފައިވެއެވެ.

މާލެއިން ބޭރު ރަށަކުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުނު 2 ވަނަ ރަށަކީ ނަރުދޫއެވެ. އެގޮތުން މާލެއިން ބޭރު ރަށަކުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ ހއ އުލިގަމުންނެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާދިއުން: ލީގަލް ކޮމިއުނިޓީ އިހްތިޖާޖު ކުރަންޖެހޭ!

26 އޯގަސްޓު 2017
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާދިއުން: ލީގަލް ކޮމިއުނިޓީ އިހްތިޖާޖު ކުރަންޖެހޭ!
01 ޖުލައި 2017

ހުރިހާ މިނިސްޓަރުންނަށް ވެސް ޕީޖީ ގްރޫޕްގެ ތާއިދު އެބައޮތް:ނިހާން

01 ޖުލައި 2017
ހުރިހާ މިނިސްޓަރުންނަށް ވެސް ޕީޖީ ގްރޫޕްގެ ތާއިދު އެބައޮތް:ނިހާން
28 ޖޫން 2017

ޕީޕީއެމް އާއި އެމްޑީއޭގެ ފުރިހަމަ ތާއިދު ޑރ. ޝައިނީ އަށް އެބައޮތް: ޑރ ހަލީލް

28 ޖޫން 2017
ޕީޕީއެމް އާއި އެމްޑީއޭގެ ފުރިހަމަ ތާއިދު ޑރ. ޝައިނީ އަށް އެބައޮތް: ޑރ ހަލީލް
31 މެއި 2017

އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު

31 މެއި 2017
އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު
30 މެއި 2017

ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް

30 މެއި 2017
ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު