Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، އަތޮޅުތަކުގައި އަމަލުކުރާނެގޮތުގެ އުސޫލ

އަތޮޅު ތެރެއިން ކޮވިޑް-19 ގެ ބަލި މީހުން ދެނެގަތުމާއި، އަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފި

27 އެޕްރީލު 2020 | ހޯމަ 23:50

އަރިދަފުސް ރޯގާގެ ޢަލާމާތްތައް ހުންނަ ފަރާތެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2020 | ހޯމަ 23:50
ކޮވިޑް-19 ޓާސްކް ފޯހުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ރޭންޑަމް ޓެސްޓް ހެދުމަށް ކުރި މަސައްކަތުގެ ތެރެއިން

ކޮވިޑް-19 ޓާސްކް ފޯހުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ރޭންޑަމް ޓެސްޓް ހެދުމަށް ކުރި މަސައްކަތުގެ ތެރެއިން

އަތޮޅުތެރެއިން ކޮވިޑް-19 ބަލިމީހުން ދެނެގަތުމާއި ބަލިއުޅޭތޯ ބެލުމުގެ ނިޒާމް ޤާއިމުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް-19 ގެ ސަރވެއިލަންސް ހެދުމާއި ޓެސްޓް ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގައި އިތުރަށް ފުޅާކޮށް އަމަލުކުރާނެ އުސޫލުގެ ދަށުން ހުރިހާ ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކުން އަރިދަފުސް ރޯގާގެ ޢަލާމާތްތައް ހުންނަ ފަރާތެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

ޓްރެވެލް ހިސްޓްރީ ހުރި ފަރާތްތަކާ މެދު ޢަމަލު ކުރާނެގޮތްތަކަކީ މާލެ އޭރިޔާއިން އަތޮޅުތެރެއަށް ގޮސްފައިވާ ފަރާތެއް، ރިސޯރޓްތަކުން އަތޮޅުތެރެއަށް ގޮސްފައިވާ ފަރާތެއް އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން އުޅޭ އެއްވެސް ރަށަކުން ގޮސްފައިވާ ފަރާތެއްނަމަ، އެރަށަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ ޢަލާމާތްތައް ފެނިއްޖެނަމަ ފުލޫ ކުލިނިކަކަށް ދައްކާ އޮންނަ އުސޫލުގެ މަތިން އަމަލުކުރުމެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން މިފަރާތުގެ ޑައިރެކްޓް ކޮންޓެކްޓްތައް (ހައިރިސްކް އަދި މޮޑަރެޓް ރިސްކް) ގޭގައި ކަރަންޓީން ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ވޭތުވެދިޔަ 14 ދުވަސް ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައިވާ ރަށަކުން ދަތުރުކޮށްފައިވާ ނުވަތަ ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއްކަމުގައިވާ ކޮވިޑް-19 ގެ ޢަލާމާތެއް ނެތް މީހަކު ގޭގައި ނުވަތަ ފެސިލިޓިގައި 14 ދުވަހަށް ނުވަތަ ހާލަތަށް ބަލާ އެޗްޕީއޭ އިން ކަނޑައަޅާ މުއްދަތަކަށް އެކަހެރިކޮށް ބަހައްޓަން ޖެހެއެވެ.

މި އުސޫލުގެ ދަށުން ގޭގައި އެކަހެރި ކުރުން ނުވަތަ ހޯމް އައިސޮލޭޝަން ކުރާނެ ގޮތްތަކަކީ ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ ހުރިހާ ފަރާތެއްވެސް އެޑްމިޓް ކުރަން ޖެހޭހާ ބަލި ނޫންނަމަ ގޭގައި ނުވަތަ އެކަމަށް ރަށުގައި ކަނޑައަޅާފައިވާ ތަނެއްގައި އެކަހެރި ކުރުމެވެ. އަދި ޕޮޒިޓިވް މީހަކު ފެނިއްޖެ ނަމަ އެއްވެސް ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން ރަށުގައި ކަނޑައެޅިފައިވާ ތަނެއްގައި އައިސޮލޭޓް ކޮށްފައި ބަހައްޓަންވާނެ ކަމަށް ބުނެފައެވެ.

ޕޮޒިޓިވްވި ފަރާތް ދިރިއުޅޭގެ ކޮންޓެކްޓް ޓްރޭސިންގ ހަދާ ނިމެންދެން މޮނިޓަރިންގައި ބެހެއްޓުމުގެ އިތުރުން މޮނިޓަރިންގ ކަނޑައަޅާ ލިޔުން ދޫކުރާނީ އެންއީއޯސީގެ ލީގަލް ކްލަސްޓަރއިންނެވެ. އަދި މިފަރާތުގެ ޑައިރެކްޓް ކޮންޓެކްޓްތައް (ހައިރިސްކް އަދި މޮޑަރެޓް ރިސްކް) ކަރަންޓީން ފެސިލިޓީއަކަށް ގެންދެވެންދެން ގޭގައި ނުވަތަ އެކަމަށް ރަށުގައި ކަނޑައަޅާފައިވާ ތަނެއްގައި ކަރަންޓީން ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް