Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ނިއުޒިލެންޑްގެ ހާލަތު

ނިއުޒިލެންޑްގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެނީ

ލޮކްޑައުން ގައި އަޅާފައިވާ ފިޔަވަޅުތަކަކީ ލެވެލް ހަތަރެއްގެ ފިޔަވަޅުތައް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އެޕްރީލު 2020 | ހޯމަ 23:40
ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން

ނިއު ޒިލެންޑްގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ލޮކްޑައުން އުވާލުމުގެ މަރުހަލާއަށް އައިސްފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއްޖެ އެވެ.

ފަސް ހަފްތާގެ މުއްދަތަށް ލޮކްޑައުންގައި ނިއު ޒިލެންޑް އޮތްއިރު ލޮކްޑައުން ގައި އަޅާފައިވާ ފިޔަވަޅުތަކަކީ ލެވެލް ހަތަރެއްގެ ފިޔަވަޅުތަކެވެ. ނަމަވެސް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތަކާއެކު ލެވެލް ތިނަކަށް ލޮކްޑައުންގެ ހާލަތު ވަނީ މިހާރު ބަދަލުކޮށްފަ އެވެ. އެކަން ހާމަކުރައްވަމުން ނިއުޒިލެންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ މިހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށެވެ.

މިއާއެކު ނިއުޒިލެންޑްގައި ބައެއް ވިޔަފާރިތަކާއި ކާބޯތަކެތި އޯޑަރކޮށްގެން ގެންދެވޭގޮތަށް ހުންނަ ތަންތަނާއި ސްކޫލްތައް ހުޅުވިގެންދާނެ އެވެ. ނަމަވެސް އާޑާން ވަނީ އަދިވެސް ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ވައިރަސް އެއްކޮށް ނައްތާލެވޭނެ ދުވަހެއް ނޭގޭތީ އެކަމަށް ސަމާލުވާން ޖެހޭކަމަށް ވިދާޅުވެ ރައްޔިތުންނަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން ކުރީގެ ދިރިއުޅުމަށް ދިޔުމަށް މަސައްކަތްކުރާއިރު އެކަންކަމަށް ސަމާލުވާންޖެހޭ ކަމަށް އާޑާން ވިދާޅުވި އެވެ.

ފަސް މިލިއަން މީހުން ދިރިއުޅެމުންދާ ނިއު ޒިލެންޑްގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް މިނިންމީ ފާއިތުވި 24 ގަޑިއިރު އަލަށް ވައިރަސް ޖެހިފައިވާ މީހަކު ނުފެނުމާއި ގުޅިގެންނެވެ. މިހާތަނަށް އައިއިރު ނިއު ޒިލެންޑްގައި 1122 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 19 މީހުން ވަނީ މަރުވެފަ އެވެ.

ނިއު ޒެލެންޑް ލޮކްޑައުން ކޮށްފައިވަނީ މަރޗް މަހުގެ ފަހުކޮޅު އެވެ. ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޯޑަރ ބަންދު ކުރުމާއި ހުރިހާ ރައްޔިތުން ގޭގައި ތިބުމާއި، ޒަރޫރީ ނޫން ހުރިހާ ވިޔަފާރިތަކަކާއި ޚިދުމަތްތަކެއް މެދުކަނޑާލުން ހިމެނެއެވެ.

ނިއުޒިލެންޑް ފާހަގަކުރެވެނީ މި ފިޔަވަޅުތައް އަޅައިގެން ވައިރަސް ފެތުރުން ކާމިޔާބުކަމާއެކު ކޮންޓްރޯލް ކުރި ގައުމެއްގެ ގޮތުގަ އެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ޤަތަރުން ބައިނަލްއަޤްވާމީ ކޯޓަށް

11 ޖެނުއަރީ 2018
ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ޤަތަރުން ބައިނަލްއަޤްވާމީ ކޯޓަށް
09 ޖެނުއަރީ 2018

ސަޢޫދީ އިސްވެ އޮވެ އަޅާފައިވާ ފިޔަވަޅުތައް ޤާނޫނާއި ޚިލާފުކަމުގެ ހެކި ލިބިއްޖެ: ޤަތަރު

09 ޖެނުއަރީ 2018
ސަޢޫދީ އިސްވެ އޮވެ އަޅާފައިވާ ފިޔަވަޅުތައް ޤާނޫނާއި ޚިލާފުކަމުގެ ހެކި ލިބިއްޖެ: ޤަތަރު
07 އޮކްޓޯބަރު 2017

ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމައިފި

07 އޮކްޓޯބަރު 2017
ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމައިފި
23 އޯގަސްޓު 2017

ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

23 އޯގަސްޓު 2017
ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
12 ޖުލައި 2017

ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ

12 ޖުލައި 2017
ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު