Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީން އަށް ފިޔަވަޅު އަޅަނީ

މޮއިސް ކީން އަށް އެވަޓަން އިން ފިޔަވަޅު އަޅަނީ

27 އެޕްރީލު 2020 | ހޯމަ 15:51

ކީން ވަނީ އަމިއްލަ އެޕާޓްމަންޓުގައި ގަވާއިދާ ޚިލާފަށް ޕާޓިއެއް ބާއްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އެޕްރީލު 2020 | ހޯމަ 15:51
އެވަޓަންގެ ޒުވާން ފޯވާޑް މޮއިސް ކީން

އެވަޓަންގެ ޒުވާން ފޯވާޑް މޮއިސް ކީން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް މޮއިސް ކީން ޕާޓީއެއް ބޭއްވުމުން، އޭނާ އަށް ފިޔަވަޅު އަޅަން އެވަޓަން އިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިޓަލީއަށް އުފަން އުމުރުން 20 އަހަރުގެ މޮއިސް ކީން ވަނީ އޭނާގެ އަމިއްލަ އެޕާޓްމަންޓުގައި ޕާޓިއެއް ބާއްވާފައެވެ. އަދި ޕާޓީގައި ކީން ކުރި ވީޑިއޯއެއް ވަނީ މީޑިއާގައި ދައުރުވެފައެވެ.

އެކަމާ ގުޅިގެން އެވަޓަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އެ ކްލަބުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް މި ދަނޑިވަޅުގައި ޕާޓީއެއް ބޭއްވުމުން އަންތަރީސް ވެއްޖެ ކަމަށެވެ. އަދި މިއީ އެ ކްލަބުގެ ކުޅުންތެރިއެއްގެ ފަރާތުން ފެނިގެންނުވާނެ އަމަލެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މި ބަޔާނުގައި އެވަޓަން އިން ވަނީ ހުރިހާ ކުޅުންތެރިންވެސް ގަވާއިދުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކީން އަށް ފިޔަވަޅު އަޅަން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އެވަންޓަން އިން ކީން ޖޫރިމަނާ ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކީން ޕާޓީއެއް ބޭއްވި މައްސަލަ ފެންމަތިވިއިރު، މީގެ ކުރިން ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބޭއްވުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ވަނީ ނިންމާފައެވެ. އަދި އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދުތަކާ ޚިލާފަށް އަމަލުކުރުމުން، އާސެނަލްގެ ހުރިހާ ކުޅުންތެރިންނަށް ނަސޭހަތް ދީފައިވާއިރު، ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި އެޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފު އަމަލުތައް ފެނުމުން ވަނީ މާފަށް އެދިފައެވެ. މީގެ އިތުރުން ހޯމް-އައިސޮލޭޝަންގެ ގަވައިދާ ޚިލާފުވުމުން ޗެލްސީން ވަނީ އެޓީމުގެ މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

17 ޖުލައި 2017

ގްރީން ސްޓްރީޓަށް އިންޒާރުދީ އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

17 ޖުލައި 2017
ގްރީން ސްޓްރީޓަށް އިންޒާރުދީ އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
10 ޖުލައި 2017

އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

10 ޖުލައި 2017
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި
09 ޖުލައި 2017

މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި

09 ޖުލައި 2017
މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި
06 ޖުލައި 2017

އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

06 ޖުލައި 2017
އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
05 ޖުލައި 2017

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި
25 މެއި 2017

އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!

25 މެއި 2017
އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!
23 މެއި 2017

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް