Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް

ބިދޭސީންގެ ފަރާތުން މައުލޫމާތު ހޯދަން އުނދަގޫ، ހޭލުންތެރިކުރުވަން ޖެހޭ!

27 އެޕްރީލު 2020 | ހޯމަ 10:26

އެމީހުން މައުލޫމާތު ދިނުމަށް ޖެހެލުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އެޕްރީލު 2020 | ހޯމަ 10:26
މާލޭގައި ގިނަ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދޭ

މާލޭގައި ގިނަ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދޭ

މާލެސިޓީން ކޮވިޑް-19ށް ޕޮޒިޓިވްވި ކޭސްތަކާ ގުޅުންހުރި މީހުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، ނަމަވެސް ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޕޮޒިޓިވްވި ކޭސްތަކާ ގުޅުންހުރި މީހުން ހޯދުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. ކޮންޓެކްޓްވި މީހުންގެ މަޢުލޫމާތުތައް ހޯދަމުންދާއިރު، އެންމެ އުދަނގޫވަނީ ބިދޭސީންގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގިނަ ޢަދަދެއްގެ ބިދޭސީން ހަމައެކަނި މާލެސިޓީގައި ވެސް ދިރިއުޅެމުންދާކަން ފާހަގަކުރައްވައި، ޑރ. އަފްޒަލް ވިދާޅުވީ އެމީހުން މަޢުލޫމާތު ޙިއްސާކުރުމަށް ޖެހިލުންވާކަމަށެވެ. އަދި ވިދާޅުވީ ޞައްޙަ މަޢުލޫމާތު އެނގިގެން ބިދޭސީ މީހާގާތުން އޮޅުން ފިލުވަން އުޅުމުން އެކަމަށް ދެކޮޅު ހަދާކަމަށެވެ.

އެގޮތުން، ކޮވިޑް-19ގެ ނުރައްކާތެރިކަމާއި، ބަލީގެ ޢަލާމާތެއް ހުރިނަމަ މަޢުލޫމާތު ސިއްރު ނުކޮށް ޙިއްސާ ކުރުމުގެ މުހިންމުކަން އެމީހުންނަށް ވިސްނައިދީ، ހޭލުންތެރިކުރަންޖެހޭކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުވަހެއް ދުވަހަކަށް ކޭސްތަކުގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭއިން ޢާންމު ކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން 47.66 އިންސައްތަ މީހުންނަކީ ބަންގްލަދޭޝަށް ނިޞްބަތްވާ މީހުންނެވެ.

މި ޢަދަދުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. މިހާތަނަށް ޕޮޒިޓިވްވްވީ ބިދޭސީންގެ ތެރޭގައި ހިމެނޭ ގިނަ ފަރާތްތަކަކީ ބަލީގެ ހިރާސް ބޮޑުކަމަށް ފާހަގަކުރެވިފައިވާ ތަންތަނުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ފަރާތްތަކެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް