Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ20،000ރ އިންމަތީ މުސާރަލިބޭ އެއްވެސްމީހެއް ހުރެގެނ

ދައުލަތުން 20،000ރ އަށްވުރެ މަތިން މުސާރަ ލިބޭ އެއްވެސް ބޭފުޅަކު ހުރެގެން ނުވާނެ: ރެޑްވޭވް ސަލީމް

26 އެޕްރީލު 2020 | އާދީއްތަ 07:45

ދައުލަތުން މުސާރަލިބޭ އެއްވެސް ބޭފުޅަކަށް 20،000ރ ނުވަތަ 25،000ރ އިން މަތުން މުސާރަ ލިބިގެން ނުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 އެޕްރީލު 2020 | އާދީއްތަ 07:45
އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)

އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ ރާއްޖޭގައި ވެސް ފެތުރެމުންދާތީ، ރާއްޖޭގެ އިޤުތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި، ދައުލަތުން 20،000ރ އަށް މަތިން މުސާރަ ލިބޭ އެއްވެސް ބޭފުޅަކު ހުރެގެން ނުވާނެކަމަށް ވިދާޅުވެ، މުސާރަތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަންނަ އިޤްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ އިތުރު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ހުށަހަޅުއްވާފައިވާ މައްސަލައަށް ބަހުޘް ކުރައްވަމުން ސަލީމް ވަނީ، ރާއްޖޭގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ހުރިހާ ފަނޑިޔާރުންވެސް ހިމެނޭގޮތަށް 20،000ރ އަށް އެބޭފުޅުންގެ މުސާރަތައް ދަށްކުރުމަށް ގޮވާލައްވާފައެވެ. އަދި ދައުލަތުން 20،000ރ އިން މަތިން މުސާރަ ލިބޭ އެއްވެސް ފަރާތެއް މިޙާލަތުގައި ހުރެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސްކަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަށް ދެވޭ ފައިސާ އެއްކޮށް އުނިކޮށްލުމަށް ސަލީމް ގޮވާލެއްވިއެވެ. އަދި އެބޭފުޅުންވެސް ޤައުމަށް ކިރިޔާވެސް އިޚުލާސްތެރިކަމެއް ހުރިނަމަ އެބޭފުޅުން އަމިއްލަފުޅަށްވެސް އެފައިސާ ނުނަންގަވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ނަމަވެސް ސަލީމު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން އެންމެ ލާރިއެއްވެސް އުނިކޮށްގެން ނުވާނެކަމަށެވެ.

ސަލީމް ވިދާޅުވީ، މިއަދަދުތަކަށް ދައުލަތުގެ ޚަރަދުތަށް ކުޑަކުރަން ޖެހޭ ކަމަށާއި އެހެންނޫންގޮތަކަށް މިޤައުމު އަތެއް ނުވާނެ ކަމަށެވެ. ސަލީމް ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ނުދެވިގެން މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭއިން ފައިސާ ނެގިނަމަވެސް، އަމިއްލަ ވިޔަފާރިވެރިޔާ ހަދާނެގޮތެއް ނެތްކަމަށެވެ.

ވާހަކަފުޅުގައި މެންބަރުވަނީ 400އަށް ވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް