Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރޮކް ޕޭޕަރ ސިޒަރ

"ރޮކް ޕޭޕަރ ސިޒަރ" ކުޅެގެން ބޮޑު އަދަދަކުން ދަރަނިވެރިވުމުން ސަލާމަތް ކޮށްދިނީ ކޯޓުން

ކިއުބެކްގެ ޤާނޫނު ބުނާގޮތުން ބެޓެއް ކާމިޔާބުވާން ޖެހޭނީ އެމީހެއްގެ އަމިއްލަ ހުނަރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2020 | އާދީއްތަ 05:11
\"ރޮކް ޕޭޕަރ ސިޒަރ\" ރިޕްރެޒެންޓޭޝަނަލް ފޮޓޯ

\"ރޮކް ޕޭޕަރ ސިޒަރ\" ރިޕްރެޒެންޓޭޝަނަލް ފޮޓޯ

"ރޮކް ޕޭޕަރ ސިޒަރ" ކުޅެގެން ފަސްލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރުން ދަރަނިވެރިވި މީހަކު ކިއުބެކްގެ ކޯޓުން ސަލާމަތް ކޮށްދީފިއެވެ.

2011 ވަނަ އަހަރުގެ ޖެނުއަރީ މަހު ހިނގި މި ހާދިސާގައި އެޑްމަންޑް މާކް ހޫޕަރ އޭނާގެ އެކުވެރިޔާ މައިކަލް ޕްރިމޯއާއެކު ރޮކް ޕޭޕަރ ސިޒަރ ގެ 3 ބުރު ކުޅެގެން ބަލިވެއްޖެނަމަ 517،000 އެމެރިކާ ޑޮލަރުދޭނެ ކަމަށް ބުނެ ބެޓްކުރިއެވެ. ނަމަވެސް 3 ބުރުގައިވެސް އޭނާ ބަލިވުމުން ދަރަނިވެރިވެ، ގެވެސް ރަހުނު ކުރަން ޖެހުނެވެ. އަދި އެ މައްސަލަ ކޯޓުގައި ހިނގަމުންގޮސް، އެންމެ ފަހުން ކޯޓުން މިވަނީ އިސްތިއުނާފް މަރުޙަލާގައި އެ މައްސަލަ ނިންމާފައެވެ.

ކިއުބެކްގެ ޤާނޫނު ބުނާގޮތުން ބެޓެއް ކޮށްފިނަމަ އެ ބެޓެއް ކާމިޔާބުވާން ޖެހޭނީ ހަމައެކަނި އޭނާގެ އަމިއްލަ ހުނަރާއި ޤާބިލިއްޔަތުގެ ސަބަބުން ކުރާ ކަމަކުންނެވެ. އަދި މީހެއްގެ ނަސީބު ނިޔާކުރާ ގޮތުން ދިމާވާ ކަމެއްގެ މައްޗަށް ބެޓެއް ނުކުރެވޭނެއެވެ.

އޭގެ އިތުރުން، އެފަދަ ބެޓެއް ކޮށްގެން ދޭންޖެހޭ ބަދަލަކީވެސް އެންމެ އެކަށީގެންވާ އަދި ކުރާ ބެޓަކާ ނުބައްދަލު އަގަކަށްވެގެން ނުވާނެކަމަށްވެސް ކިއުބެކްގެ ޤާނޫނުން ލާޒިމުކުރެއެވެ. އެހިސާބުން ކޯޓަށް އުފެދުނު ސުވާލަކީ ރޮކް ޕޭޕަރ ސިޒަރ ކުޅެގެން ކުރާ ބެޓް ކާމިޔާބުވަނީ މީހާގެ ހުނަރުންތޯ ނުވަތަ ނަސީބުންތޯއެވެ.

މި މައްސަލައިގައި 2017 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފް މަރުޙަލާގެ ހުކުމް އިއްވާފައިވާއިރު، 2017 ވަނަ އަހަރުގެ ހުކުމުގައި ބުނެފައިވަނީ ރޮކް ޕޭޕަރ ސިޒަރ ގޭމްއިން މޮޅުވުމުގައި މީހާގެ ހުނަރު ބޮޑު ރޯލެއް އަދާކުރެއެވެ. އެގޮތުން މީހާގެ ސްޕީޑާއި، ދެނެގަތުމުގެ ގާބިލިއްޔަތު ފަދަ ކަންކަމުން މި ގޭމް ކާމިޔާބުވުމުގައި އިސް ދައުރެއް އަދާކުރާއިރު، އެ ޙާލަތުގައި މިއީ ބެޓެއްކަމަށް ބެލެވިދާނެ ކަމަށް އޭރު ކޯޓުން ޙުކުމްކޮށްފައިވެއެވެ.

ނަމަވެސް މި މައްސަލައިގެ އިސްތިއުނާފް މަރުޙަލާގައި ޖަސްޓިސް ޗެޓްލިން ވަނީ ބެޓްކޮށްގެން ދޭން ޖެހިފައިވާ ބަދަލަކީ ކުރި ބެޓާ އެކަށީގެންވާ ބަދަލަކަށް ނުވާތީ ބެޓެއް ފުރިހަމަވުމުގެ އުންސުރުތައް މި ޙާލަތުގައި ފުރިހަމަނުވާކަމަށް ވިދާޅުވެފައެވެ. އަދި އެ ނިންމުން އިސްތިއުނާފުން ވަނީ ދަމަހައްޓާފައެވެ. އެއާއެކު، އެޑްމަންޑް 517،000 އެމެރިކާ ޑޮލަރު ދޭން ނުޖެހޭނެކަމަށް އެންމެ ފަހުން އިސްތިއުނާފް ކޯޓުން މިވަނީ ނިންމާފައެވެ.

ރޮކް ޕޭޕަރ ސިޒަރ އަކީ އަތްތިލައިގެ ބޭނުންކޮށްގެން ކުޅޭ ކުޅިވަރެކެވެ. އެގޮތުން މި ކުޅިވަރުގައި 3 ގޮތަކަށް އަތްތިލަ ހަރަކާތްތެރި ކުރެވޭއިރު، ޙަރަކާތްތައް ދަރަޖަކުރެވިގެންދާ ގޮތުން މޮޅުވާ މީހާ ކަނޑައެޅިގެން ދެއެވެ. އަދި އެ 3 ހަރަކާތަކީ ރޮކް (ގާ) ، ޕޭޕަރ (ކަރުދާސް) އަދި ސިޒަރ (ކަތުރު) ރަމްޒުކޮށްދޭ ހަރަކާތްތަކެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު