Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ އާއި މާޓިނޭޒް ހޯދުމުގެ މަސައްކަތް

"ނޭމާ އާއި މާޓިނޭޒް ހޯދަން ބާސާ އިން މިހާރު މަސައްކަތެއް ނުކުރޭ"

25 އެޕްރީލު 2020 | ހޮނިހިރު 12:49

ކޮވިޑް-19 ގެ އަސަރު ބާސާ އަށް ވަނީ ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އެޕްރީލު 2020 | ހޮނިހިރު 12:49
ޕީއެސްޖީގެ ނޭމާ އާއި އިންޓަ މިލާނުގެ ލަޓާރޯ މާޓިނޭޒް

ޕީއެސްޖީގެ ނޭމާ އާއި އިންޓަ މިލާނުގެ ލަޓާރޯ މާޓިނޭޒް

ނޭމާ އާއި ލަޓާރޯ މާޓިނޭޒް ހޯދަން ބާސެލޯނާއިން މިހާރު މަސައްކަތް ނުކުރާ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ނޭމާ އާއި މާޓިނޭޒް އަށް ބާސާއިން ބިޑު ކުރާނެ ކަމަށް ރިޕޯޓުކޮށްފައެވެ.

އެގޮތުން ޕީއެސްޖީގެ ނޭމާ އަލުން އަނބުރާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާސާއިން އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ނޭމާ ބަދަލުކުރަން ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ލަޓާރޯ މާޓިނޭޒްގެ ސޮއި ހޯދުމަށް ބާސާ އިން އިންޓަ މިލާނަށް ކުޅުންތެރިން ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެގޮތުން މާޓިނޭޒް ހޯދުމަށް ބާސާއިން އެޓީމުގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ އިންޓައަށް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށާއި، އިންޓައިންވެސް ސެމޭޑޯ އަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެކަމަކު ދާދި ފަހުން ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބާސާއަށް ވެސް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި އެޓީމުން ނޭމާ އާއި މާޓިނޭޒް ހޯދަން ބޮޑު ޚަރަދެއް ކުރަން ބާސާއިން މި ދަނޑިވަޅުގައި ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބާސާއިންވެސް މަސައްކަތް ކުރަމުން އަންނަނީ ލީގު އަލުން ފެށުމަށް ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ އަސަރު ބާސާ އަށް ކޮށްފައިވާއިރު، މީގެ ކުރިން ބާސާ އިން ވަނީ ކުޅުންތެރިންގެ އެދުމުގެ މަތިން، ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޕެނިޝް ލީގުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ލީގުގެ ކުޅުން މެއި މަހުގެ ފަހުކޮޅު ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް