Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަންޓީނުގެ އިންތިޒާމުތައް ފުރިހަމަކަން

ކަރަންޓީނުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: ދަގަނޑޭ

25 އެޕްރީލު 2020 | ހޮނިހިރު 09:54

ޓީސީ ކުޅުންތެރިން ވަނީ ކަރަންޓީނުގައި ޖުމްލަ 42 ދުވަސް ހޭދަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އެޕްރީލު 2020 | ހޮނިހިރު 09:54
ޓީސީ ސްޕޯޓްސް ކްލަބުގެ ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

ޓީސީ ސްޕޯޓްސް ކްލަބުގެ ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޓީސީ ޓީމު ކަރަންޓީނުކުރި ރ. ފުރަވެރި ރިސޯޓުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ފޯވަރޑް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކޮށް، ހުކުރު ދުވަހުގެ ވަގުތެއްގައި ޓީސީ ޓީމު މާލެ ގެނައިރު، އެ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން ވަނީ ކަރަންޓީނުގައި ޖުމުލަ 42 ދުވަސް ހޭދަކޮށްފައެވެ.

ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއަރލައިން މޯލްޑީވިއަނުންކުރި ހާއްސަ ދަތުރުގައި މި މަހުގެ 5 ވަނަ ދުވަހު ޓީސީ ޓީމު މާލެ ގެނައިރު، ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީނުކުރި ފުރަވެރި ރިސޯޓުގައެވެ.

ކަރަންޓީނުން ދޫކޮށްލުމުން ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަރަންޓީނުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށްޓައި ސިއްހީ ޚިދުމަތްތެރީންނާއި އެކަމުގައި ޝާމިލްވީ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ޓީސީ ޓީމު ކަރަންޓީނުން ދޫކޮށްލިއިރު، އެޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮސްފައެވެ. އަދި ޓީސީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓުތައް ނެގެޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގައި ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށް ޓީސީ ޓީމު ބަންގްލަދޭޝްއަށް ދިޔުމުން، ރާއްޖެ އައުމުގެ ކުރިން އެންމެ ފުރަތަމަ ޓީސީ ޓީމު ކަރަންޓީނު ކޮށްފައިވަނީ ސްރީލަންކާގައެވެ. އެގޮތުން ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.

ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ޓީސީ ޓީމުގެ ކުޅުންތެރިން މާލެ ގެނައިރު، މާލެ ވަނީ އެއްކޮށް ލޮކްޑައުން ކޮށްފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްވެސް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ ކުރިން ވަނީ 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރުމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް