Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްކިތްތަކުގަ ނަމާދުނުކުރެވޭތީ ސައުދީރަސްގެފާނުގެ

މިސްކިތްތަކުގައި ނަމާދުނުކުރެވޭ ޙާލަތުގައި، ރަމަޟާންމަހަށް މަރުޙަބާ ކިޔުމަކީ ވޭންދެނިވި ކަމެއް: ސައުދީ ރަސްގެފާނު

މިސްކިތްތަކުގައި ނަމާދުނުކުރެވޭތީ ހިތާމަކުރައްވާކަމަށް ރަސްގެފާނު ވިދާޅުވެފައިވޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 23 އެޕްރީލު 2020 | ބުރާސްފަތި 22:42
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް

ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް

ކޮވިޑް-19 ރޯގާއާއި ގުޅިގެން މިސްކިތްތަކުގައި ނަމާދުނުކުރެވޭ ޙާލަތުގައި އޮވެ، ރަމަޟާންމަހާއި ކުރިމަތިލުމަކީ ވަރަށް ވޭންދެނިވިކަމެއްގެ ގޮތުގައި ސައުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ސިފަކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ސިފަކުރައްވާފައިވަނީ، އިސްލާމީ މުޅި އުއްމަތަށާއި، ސައުދީޢަރަބިއްޔާގެ ރައްޔިތުންނަށް ރަމަޟާންމަހުގެ ތަހުނިޔާ ވިދާޅުވެ ދެވި ބަޔާނުގައެވެ. ރަސްގެފާނުގެ ފަރާތްޕުޅުން މަރުޙަބާގެ ބަޔާން އިއްވަވައިދެއްވީ ރަސްކަމުގެ ދަރުބާރުގެ މީޑިއާގެ ވަގުތީ ވަޒީރު، އަލް- ޤަޞަބީއެވެ.

ސައުދީ ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ނޮވެލް ކޮރޯނާވައިރަސްއާއި ގުޅިގެން ދިމާވެފައިވާ މިދަތި އުނދަގޫ ވަގުތުގައި މުސްލިމް އުއްމަތް އެކުވެ މިކަމުން އަރައިގަތުމުގެ މުހިންމުކަމާއި ބެހެ ގޮތުން އަލިއަޅުއްވާލާފައެވެ. އަދި ވައިރަސްގެ ބަލިމަޑުކަމުގައި ތިބެ، ރަމަޟާންމަހުގައި އެންމެ އެދެވިގެންވާގޮތައް އަޅުކަމުގެ ކަންކަން ކުރިޔަށްނުގެންދެވޭތީ އެކަމާއި ހިތާމަފުޅުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. ވަކިން ޚާއްޞަކޮށް، މިސްކިތުގައި ޖަމާޢަތުގައި ނަމާދުނުކުރެވުމާއި، އިއުތިކާފުނުކުރެވުމާއި، ބައެއް މިސްކިތްތަކުގައި ތަރާވީޙު ނުކުރެވޭ ޙާލަތުގައި ރަމަޟާންމަހާއި ކުރިމަތިލާންޖެހުމަކީ ވޭންދެނިވިކަމެއްގެ ގޮތުގައި އެމަނިކުފާނުވަނީ ސިފަކުރައްވާފައެވެ.

ރަސްގެފާނުގެ ބަޔާނުގައި ވަނީ، މިހާރު އެޤައުމުގެ ރަސްކަމުގެ ދަރުބާރުން އެންމެ އަހައްމިއްޔަތުކަމެއް ދެނީ އެޤައުމުގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

މަސްޖިދުލް ޙަރަމްއާއި، މަސްޖިދުއްނަބަވީގެ ޙާލަތު ބަޔާން ކުރައްވާ ރަސްގެފާނު ވިދާޅުވެފައިވަނީ، ޙައްޖާއި ޢުމުރާގެ އަޅުކަމަށް ޒިޔާރަތްކުރާ މުސްލިމް އުއްމަތުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ތައްޔާރަށް ތިބިކަމަށާއި، މުޤައްދަސް މިބިނާތަކުގެ ސަލާމަތާއި ރައްކަލަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރައްވާނެކަމަށެވެ. އަދި ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކަލަށް އެޅުއްވެން ހުރި ހުރިހައި ފިޔަވަޅެއް އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޢުމުރާގެ އަޅުކަން ކުރުމަށް އެހެން ޤައުމުތަކުގެ މީހުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް، ރަސްގެފާނުގެ ބަޔާނުގައި މަސްޖިދުލް ޙަރަމްއާއި މަސްޖިދުއްނަބަވީ ހުޅުއްވާނެ ސީދާ ތަރީޚެއް ވިދާޅުވެފައެއް ނުވެއެވެ. ރަސްގެފާނުގެ ބަޔާން ނިންމަވާލައްވާފައިވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރަމުންގެންދާ މަސައްކަތުގައި، އެޤައުމުގެ އަސްކަރީންނާއި، އެއްގަމު ޞަރަޙައްދީއިން ބަލަހައްޓާ ސިފައިންނާއި، މަދަނީ ފުލުހުންނާއި، ޞިއްޙީ ޚިދުމަތްތެރިންގެ އުފުއްލަވަމުން ގެންދަވާ މަސްއޫލިއްޔަތުގެ އަގު ވަޒަންކުރައްވަފައެވެ. އަދި ޤައުމަށް ޚިދުމަތްކުރުމަށް ކުރައްވަމުންގެންދަވާ ބުރަ މަސައްކަތައް ހިތްވަރު ދެއްވާ، އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގަނޑު ސައުދީޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި އެޤައުމުގެ ސުޕްރީމް ކޯޓުން ހަނދު ސާބިތުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވަނީ ހުކުރު ދުވަހަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ.

އަރަބި އަދި މުސްލިމް ޤައުމުތަކާއި، އެކުވެރި ދައުލަތްތަކުގެ ވެރިން ގެންދަވަނީ ރަސްގެފާނު ސަލްމާން ޢަބްދުލް ޢަޒީޒަށާއި، ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ފޯނުން ގުޅުއްވާ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2023

އިޒްރޭލުގެ ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރި ފަލަސްޠީނުގެ ޤައިދީއަށް ބަޠަލެއްގެ މަރުޙަބާ

07 ޖެނުއަރީ 2023
އިޒްރޭލުގެ ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރި ފަލަސްޠީނުގެ ޤައިދީއަށް ބަޠަލެއްގެ މަރުޙަބާ
08 ނޮވެމްބަރު 2022

ޙަމަލާގެ ތަޙުޤީޤަށް އުފައްދާ ކޮމިޝަނަށް ވިދާޅުވި މަރުޙަބާއާ އެކު އިމްރާންގެ ބޮޑު ސުވާލެއް!

08 ނޮވެމްބަރު 2022
ޙަމަލާގެ ތަޙުޤީޤަށް އުފައްދާ ކޮމިޝަނަށް ވިދާޅުވި މަރުޙަބާއާ އެކު އިމްރާންގެ ބޮޑު ސުވާލެއް!
08 މެއި 2022

ހިންދޫންގެ ޑިމާންޑް އާއިއެކު މުމްބާއިގެ މިސްކިތްތަކުގައި ބަންގި ގޮވާ އަޑު މަޑުކޮށްފި

08 މެއި 2022
ހިންދޫންގެ ޑިމާންޑް އާއިއެކު މުމްބާއިގެ މިސްކިތްތަކުގައި ބަންގި ގޮވާ އަޑު މަޑުކޮށްފި
05 ޑިސެމްބަރު 2020

ކޮވިޑް-19 އެމެރިކާގައި މިވަގުތުވެސް 26000ށް ވުރެ ގިނަ މީހުން ކްރިޓިކަލް ޙާލަތުގައި

05 ޑިސެމްބަރު 2020
ކޮވިޑް-19 އެމެރިކާގައި މިވަގުތުވެސް 26000ށް ވުރެ ގިނަ މީހުން ކްރިޓިކަލް ޙާލަތުގައި
09 މެއި 2020

މިޙާލަތުގައި އެއްބައިވަންތަކަން އިސްކޮށް ސަރުކާރަށް އެހީތެރިވެދިނުމަށް ރައްޔިތުންގެ ކިބައިން އެދެން: ކުވައިތުގެ އަމީރު

09 މެއި 2020
މިޙާލަތުގައި އެއްބައިވަންތަކަން އިސްކޮށް ސަރުކާރަށް އެހީތެރިވެދިނުމަށް ރައްޔިތުންގެ ކިބައިން އެދެން: ކުވައިތުގެ އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު