Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރާވީހުގެ ޖަމާއަތް ހެދުން

ތަރާވީހުގެ ޖަމާއަތެއް ހެދީ މަރުކަޒުގައި ލޮކްޑައުންވެގެން ތިބި މުވައްޒަފުން: މިނިސްޓަރ

މަރުކަޒުގައި ލޮކްޑައުންގައި ތިބީ 10 މުވައްޒަފުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 23 އެޕްރީލު 2020 | ބުރާސްފަތި 21:55
އިސްލާމީ މަރުކަޒުގައި ކުރެވުނު ތަރާވީހު ނަމާދު

އިސްލާމީ މަރުކަޒުގައި ކުރެވުނު ތަރާވީހު ނަމާދު

އިސްލާމީ މަރުކަޒުގައި ބުރާސްފަތު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރީ އިސްލާމީ މަރުކަޒުގައި ލޮކްޑައުންގައި ތިއްބެވި މިނިސްޓްރީގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ،. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، މިހާލަތަށް ރިޔާއަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ 4 މީހުންގެ ޖަމާއަތެއްގައި ކުރެވުނު ތަރާވީހު ނަމާދު މިނިސްޓްރީގެ ޔޫޓިއުބުން ވަނީ ލައިވްކޮށްފައެވެ. އެ ނަމާދުގައި ބައިވެރިވެފައި ވަނީ އިސްލާމީ މަރުކަޒުގެ އިމާމުންނާއި މިނިސްޓްރީގެ އިސްވެރިންނާއި ކުއްޖަކު ހިމެނޭ ގޮތަށް ފަސް ބޭފުޅުންނެވެ. އެއާއި އެކު ގައިދުރު ކަމެއްނެތި އަދި ޖަމާއަތުގައި ނަމާދު ކުރުމުން ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ސުވާލުއުފައްދާފައިވެއެވެ.

ރާއްޖެޓީވީން ކޮވިޑް-19 އާއި ގުޅިގެން ގެނެސްދެމުންދާ ޚާއްސަ ކަވަރޭޖަށް މިނިސްޓަރ ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވިދާޅުވީ މިނިސްޓްރީގައި ލޮކްޑައުންވެގެން ތިބީ ދީނީ ސެކްޝަން، ޒަކާތު ސެކްޝަން އަދި އިސްލާމިކް ސްޓޫޑިއޯގައި މަސައްކަތް ކުރާ ބޭފުޅުންކަމަށެވެ. އެގޮތުން ޖުމްލަ 10 މީހުން ތިބީ މަރުކަޒުގައި ލޮކްޑައުންވެގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޮކްޑައުން ކުރުމާއި ގުޅިގެން މަރުކަޒުގައި ބައެއް މުވައްޒަފުން ތިބޭގޮތަށް ނިންމީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް މެދުކަނޑާލަން ބޭނުންނުވާތީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުކުރު ނަމާދަށް ފަހު ހާއްސަ ދުއާއެއް ކުރުން އިސްލާމީ މަރުކަޒުގައި

ހުކުރު ނަމާދަށް ފަހު ހާއްސަ ދުއާއެއް ކުރުން އިސްލާމީ މަރުކަޒުގައި

02 ފެބުރުއަރީ 2018
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރާ މަޣްރިބް ނަމާދު މިރޭ އިސްލާމީ މަރުކަޒުގައި

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރާ މަޣްރިބް ނަމާދު މިރޭ އިސްލާމީ މަރުކަޒުގައި

19 ޑިސެމްބަރު 2017
 ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ

ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ

23 ނޮވެމްބަރު 2017
އަބުރުގެ ޤާނޫން ހެދީ ރައީސް ޔާމިން ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދު ކުރަން: އަމީތު

އަބުރުގެ ޤާނޫން ހެދީ ރައީސް ޔާމިން ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދު ކުރަން: އަމީތު

07 އޮކްޓޯބަރު 2017
"ގުރުބާންކުރާ ކަންބަޅިއަކަށް" ގަތަރާއި އިރާން ހެދީ ސައުދީން ލިބިފައިވާ ކަމަށް ބުނާ ފައިސާއަށް: އަލީ ހުސައިން

"ގުރުބާންކުރާ ކަންބަޅިއަކަށް" ގަތަރާއި އިރާން ހެދީ ސައުދީން ލިބިފައިވާ ކަމަށް ބުނާ ފައިސާއަށް: އަލީ ހުސައިން

11 ޖޫން 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު