Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ހުސައިން

"ގުރުބާންކުރާ ކަންބަޅިއަކަށް" ގަތަރާއި އިރާން ހެދީ ސައުދީން ލިބިފައިވާ ކަމަށް ބުނާ ފައިސާއަށް: އަލީ ހުސައިން

ބޭރު ފަރާާތްތަކަށް ބިން މިލްކުރެވޭ ގޮތަށް ގާނޫނުތައް ވަނީ ބަދަލުކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 ޖޫން 2017 | އާދީއްތަ 10:22
އަލީ ހުސައިން

އަލީ ހުސައިން

ރާއްޖެއިން ގަތަރާއި އިރާނާ ގުޅުން ކަނޑާލީ ސައުދީން ދިން ކަމަށް ތުހުމަތުކުރާ ފައިސާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އިރާނާއި ގަތަރަކީ ގުބާންކުރާ ކަންބަޅިއަކަށް ދިވެހި ސަރުކާރުން ހެދީ ބިންތައް ގަނެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ދިން ކަމަށް ތުހްމަތުކުރާ ފައިސާގެ ބަދަލެއްގެ ގޮތުގައި،" ކަމަށެވެ.

Advertisement - newsAdvertisement

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ރާއްޖެއިން އީރާނާއި ގުޅުން ކަނޑާލާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ 17 ވަނަ ދުވަހުގައެވެ. ގަތަރާ ގުޅުން ކަނޑާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. އިރާނާއި ހާރިޖީ ގުޅުން ކަނޑާލަން ޖެހުނީ، އިރާނަކީ މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގެ ސަލާމަތާއި ސުލްހަ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ގައުމެއް ކަމުގައިވާތީކަމަށާއި ގަތަރާއި ގުޅުން ކަނޑާލާފައިވަނީ ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާކަމަށްވާތީ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

އަލީ ހުސައިން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ގަތަރާއި ގުޅުން ކަނޑާލި އެއް ސަބަބަކީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީ ކަމަށްވާ ސްޓީލިން ޕެރަޑައިސްގެ މައްސަލަ ކަމަށެވެ.

ސްޓީލިން ޕެރަޑައިސް އަކީ ރައީސް އަބްދުﷲ ޔާމީން އާއި ނައިބު ރައީސް އަހްމަދު އަދީބް ހިންގަމުންދިޔަ ކަމަށް ތުހްމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކަށާއި ކޮރަޕްޝަންގެ އަމަލުގެ މައްޗަށް ހަދާފައިވާ ޑޮކިއުމެންޓަރީއެކެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2018

ޚުތުބާ ކިޔަން ދެކޮޅު ހެދީ ދީން ސިޔާސީ ހަތިޔާރަކަށް ހަދަން ބިރުވެތިވާތީ: ލ. މާމެންދޫ މުދިމް

26 ފެބުރުއަރީ 2018
ޚުތުބާ ކިޔަން ދެކޮޅު ހެދީ ދީން ސިޔާސީ ހަތިޔާރަކަށް ހަދަން ބިރުވެތިވާތީ: ލ. މާމެންދޫ މުދިމް
07 އޮކްޓޯބަރު 2017

އަބުރުގެ ޤާނޫން ހެދީ ރައީސް ޔާމިން ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދު ކުރަން: އަމީތު

07 އޮކްޓޯބަރު 2017
އަބުރުގެ ޤާނޫން ހެދީ ރައީސް ޔާމިން ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދު ކުރަން: އަމީތު
01 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ އީދު ލަވައާއެކު ގިނަ ބަޔަކަށް ހައިރާން ކޮށްލައިފި

01 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ އީދު ލަވައާއެކު ގިނަ ބަޔަކަށް ހައިރާން ކޮށްލައިފި
07 ޖޫން 2017

ގަތަރާއި ގުޅުން ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއް: މައުމޫނު ފެކްޝަން

07 ޖޫން 2017
ގަތަރާއި ގުޅުން ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއް: މައުމޫނު ފެކްޝަން
06 ޖޫން 2017

ގަތަރާއި ގުޅުން ކަނޑަލިއިރު، މެޑަމް ފާތުން ބައްސަވަނީ ގަތަރު ކަދުރު!

06 ޖޫން 2017
ގަތަރާއި ގުޅުން ކަނޑަލިއިރު، މެޑަމް ފާތުން ބައްސަވަނީ ގަތަރު ކަދުރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު