Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރުގެ މާލީ އެހީތައް

ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދޭން އައިއެމްއެފްގެ ބޯޑުން ފާސްކޮށްފި

23 އެޕްރީލު 2020 | ބުރާސްފަތި 06:07

މިއީ އައިއެމްއެފުން އެގޮތަށް ނިންމި 30 ވަނަ ރިކުއެސްޓް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2020 | ބުރާސްފަތި 06:07
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް- އައިއެމްއެފުން އެކި ޤައުމުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް- އައިއެމްއެފުން އެކި ޤައުމުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

ބުދަ ދުވަހު އައިއެމްއެފްއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މެމްބަރު ޤައުމުތަކަށް އެހީވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ގިނަ ޤައުމުތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އެހީވުމަށް ނިންމި ނިންމުމަކީ އައިއެމްއެފުން އެގޮތަށް ނިންމި 30 ވަނަ ރިކުއެސްޓްކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީން ދޫކުރުމަށް ނިންމި މި ފައިސާއަކީ ސަރުކާރުގެ މިވަގުތުގެ ޚަރަދުތައް ބެލެހެއްޓުމާއި، ބެލެންސް އޮފް ޕޭމަންޓް ބެލެހެއްޓުމަށް ދޫކޮށްފައިވާ ފައިސާކަމަށް އައިއެމްއެފުން ބުނެއެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދަށްވެސް އަސަރުކޮށްފައިވާކަން ފާހަގަކޮށް އައިއެމްއެފުން ބުނީ، ރާއްޖޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ވަރުވެސް ދަށްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އައިއެމްއެފްގެ ބަޔާނުގައި އިތުރަށް ބުނީ، ކޮވިޑް-19ން ރައްކާތެރިވުމަށް ރާއްޖެއިން ކުރީބައިގައި ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، އިތުރަށް މި ބަލިމަޑުކަމުން ސަލާމަތްވުމުގައި ކުރާ މަސައްކަތުގައި ރާއްޖެއަށް ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެގޮތުން އިޤްތިސާދީ ގޮތުން ލިބޭނެ ގެއްލުން ކުޑަކުރުމާއި، މާލީ ގޮތުން ކުރިމަތިވާ ފިއްތުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރީބަައިގައި މަސައްކަތް ފެށިކަން އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ. އަދި އެކަން އައިއެމްއެފްގެ ޗެއަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޓާއޯ ޒެންގ ގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.

ޓާއޯ އެހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މިހާރުވެސް ބަޖެޓުން 1 ބިލިއަން ރުފިޔާ ކުޑަކޮށްފައި ވާއިރު އިތުރަށްވެސް ޚަރަދު ކުޑަކުރުމުގެ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް ފިނޭންސް މިނިސްޓަރުވެސް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވާނެ އިގްތިޞާދީ ދަތިކަން ފޫބެއްދުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކުން 215.37 މިލިއަން އެމެރިކާ ޑޮލަރު ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓްރީންވެސް ބުނެފައިވާއިރު، އައިއެމްއެފްއިން މި ދިން އެހީވެސް އޭގެތެރޭގައި ހިމެނިފައިވެއެވެ.

މީގެއިތުރުން ރަހުމަތްތެރި ޤައުމުތަކާއެކު ބައިލެޓެރަލް ގުޅުންތަކުގެ ތެރެއިން ފައިސާ އާއި ހިލޭ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް