Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ގެ ގެއްލުންތައް

ކޮވިޑް-19 ގެ ސަބަބުން 265 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާނެކަމަށް އދ އިން ބުނެފި

22 އެޕްރީލު 2020 | ބުދަ 02:53

މިހާރުވެސް 135 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އެޕްރީލު 2020 | ބުދަ 02:53
އެފްރިކާގެ ފަޤީރު އާބާދީއެއް- ބަނޑުހައިހޫނު ކަމުގެ ގެއްލުން އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެފްރިކާ ހިމެނޭ

އެފްރިކާގެ ފަޤީރު އާބާދީއެއް- ބަނޑުހައިހޫނު ކަމުގެ ގެއްލުން އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެފްރިކާ ހިމެނޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ 265 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމަށް ޖެހިދާނެ ކަމަށް އދ އިން އަންދާޒާކޮށްފިއެވެ.

ޔުނައިޓެޑް ނޭޝަންސް ވާރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާގޮތުން ކޮވިޑް-19 ގެ ސަބަބުން ޤައުމުތަކުގެ އިޤްތިސާދަށް އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ނިސްބަތް ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން ދުނިޔޭގެ 55 ޤައުމަކުން މިހާރުވެސް 135 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދާއިރު، މި އަހަރު ނިމޭއިރު މި އަދަދު 265 މިލިއަނަށް އަރާނެކަމަށް އަންދާޒާ ކުރެވޭކަމަށް އދ އިން އަންގާރަ ދުވަހު އާންމުކުރި ރިޕޯޓަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.

އަންގާރަ ދުވަހު ޖެނީވާގައި ބޭއްވި ވާރޗުއަލް ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑަބްލިއުއެފްޕީގެ ޗީފް އިކޮނޮމިސްޓް އާރިފް ހުސައިން ވިދާޅުވީ، މިހާރާލައިގެން ޤައުމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ދިރިއުޅުމުގެ އާންމު ޙާލަތު ދަށް އާބާދީތައް ގިނަ ޤައުމުތައް އެކަމަށް ޙާއްސަ ސަމާލުކަމެއް ދޭންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަނޑުހައިހޫނުކަމުގެ ގެއްލުން ވަޒަން ކުރުމަށް އދ އިން 5 ދަރަޖައެއް ގެންގުޅޭއިރު، އެ ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ދުނިޔޭގެ ބޮޑު އާބާދީތަކަކަށް 3 ވަނަ ދަރަޖައިގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި ދަރަޖައަކީ 5 ވަނަ ދަރަޖަކަން ފާހަގަކޮށް އދ އިން ބުނީ، ބަނޑުހައިހޫނުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެފްރިކާފަދަ ފަޤީރު ނިސްބަތް ގިނަ ޤައުމުތަކަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިކަންކަމުން އަރައިގަތުމަށް ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން 10 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް ޑަބްލިއުއެފްޕީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް