Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެވެށި އަނިޔާގެ މައްސަލަތައް

ލޮކްޑައުންގެ މުއްދަތުގައިވެސް ގެވެށި އަނިޔާގެ މައުލޫމާތެއް ލިބިއްޖެނަމަ އަވަހަށް ރިޕޯޓްކުރޭ: މިނިސްޓްރީ

ގެވެށި އަނިޔާފަދަ މައްސަލަތައް ރިޕޯޓް ކުރެވެމުންދާކަން ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2020 | ހޯމަ 19:18
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ

ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދު ލޮކްޑައުންކޮށްފައިވާ މި މުއްދަތުގެ ތެރޭގައިވެސް އެއްވެސް ބާވަތެއްގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެނަމަ ލަސްނުކޮށް ރިޕޯޓް ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެދިއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ، މިނިސްޓްރީގެ ހެލްޕްލައިން މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން މީހުންނަށް ކުރިމަތިވާ ދަތިތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުލި ދެއްކުމާއި، ބޭސްފަރުވާ ހޯދުމުގައި ދިމާވާ އެކި ދަތިތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އޭގެއިތުރުން، ލޮކްޑައުންގެ މި މުއްދަތުގައިވެސް ގެވެށި އަނިޔާފަދަ މައްސަލަތައް ރިޕޯޓް ކުރެވެމުންދާކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ، ވޭތުވެދިޔަ މަސްތަކާ އަޅާބަލާއިރު، އެފަދަ މައްސަލަތައް ކުރިއަށްވުރެ އިތުރުވެފައިވާކަން އަދި ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާކަން އެނގޭނަމަ އެކަން ރިޕޯޓް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުމްނާ އެހެން ވިދާޅުވެފައިވާއިރު، ލޮކްޑައުންއާ ގުޅިގެން ގޭގައި ތިބެންޖެހޭ ވަގުތު އިތުރުވުމާއެކު ގެވެށި އަނިޔާފަދަ މައްސަލަތައް ބައެއް ޤައުމުތަކުގައި ގިނަވި ނަމަވެސް ރާއްޖެއިން އެފަދަ ޙާލަތެއް މިހާތަނަށް ފާހަގަ ވެފައިނުވާކަން ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކު އަޒީޒްވެސް ވިދާޅުވެފައިވެއެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ، ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރެސެންޓުގެ އެހީގައި ބޯހިޔާވަހިކަން ނެތް ފަރާތްތަކާއި އަސާސީ ޚިދުމަތް ނުލިބޭ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންވެސް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެކަންކަން ކުރުމުގައި މިނިސްޓްރީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަންވެސް ކުރަމުންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މުވައްޒަފުން ގޭގެއަށް ޒިޔާރަތް ކުރައިރުވެސް ރައްކާތެރިކަން ކަށަވަރު ކުރުމާއި، މައްސަލަތަކާއި ގުޅިގެން ގޭގެއަށް ޒިޔާރަތް ކުރަންޖެހޭ ޙާލަތްތަކުގައިވެސް އެ ގެއަކީ އެޗްޕީއޭގެ ފަރާތުން މޮނިޓަރ ކުރަމުންދާ ގެއެއްތޯ ބަލަމުންދާނެކަމަށް ވިދާޅުވިއެވެ.

އޭގެއިތުރުން، ކޮންމެހެން ދާންޖެހޭ ޙާލަތްތަކުގައިވެސް ބޭނުންކުރަންޖެހޭ ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުންކުރައްވާނެ ކަން ޔުމްނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ވެމްކޯއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެނީ ދޮގު މައުލޫމާތެއް: ފުލުހުން

09 އޯގަސްޓު 2017
ވެމްކޯއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެނީ ދޮގު މައުލޫމާތެއް: ފުލުހުން
13 ޖުލައި 2017

ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ

13 ޖުލައި 2017
ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ
08 ޖުލައި 2017

ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅާ ގުޅޭ މައުލޫމާތެއް އައިޖީއެމްއެޗުން ނުދިން!

08 ޖުލައި 2017
ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅާ ގުޅޭ މައުލޫމާތެއް އައިޖީއެމްއެޗުން ނުދިން!
28 މެއި 2017

ރިިލްވާން ވަގަށް ނެގި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތެއް ނެތް: ފުލުހުން

28 މެއި 2017
ރިިލްވާން ވަގަށް ނެގި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތެއް ނެތް: ފުލުހުން
25 މެއި 2017

ރިލްވާން ވަގަށް ނެގި މައްސަލައިގައި މައުލޫމާތެއް ހާމަކުރެވޭކަށް ނެތް: ފުލުހުން

25 މެއި 2017
ރިލްވާން ވަގަށް ނެގި މައްސަލައިގައި މައުލޫމާތެއް ހާމަކުރެވޭކަށް ނެތް: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު