Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުސާރަ ނުނަގަން ނިންމުން

ހަތަރު މަހުގެ މުސާރަ ނުނަގަން ރޯމާގެ ކުޅުންތެރިން ނިންމައިފި

ރޯމާގެ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗު ޕައުލޯ ފޮންސޭކާވެސް ވަނީ މުސާރަ ނުނަގަން ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 އެޕްރީލު 2020 | ހޯމަ 10:25
ރޯމާގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

ރޯމާގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް، އިޓަލީގެ ރޯމާގެ ކުޅުންތެރިން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިޓާލިއަން ލީގުގެ މެޗުތައްވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އެކި ކްލަބުތަކަށް މާލީ ގޮތުން ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ރޯމާގެ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗު ޕައުލޯ ފޮންސޭކާ ނިންމީ، އެ ކްލަބުން ނޯޕޭ ލީވްއަށް ފޮނުވަން ނިންމާފައިވާ ބައެއް މުވައްޒަފުންގެ މުސާރަތަށް ކަށަވަރުކުރުމުގެ ގޮތުންނެވެ.

ރޯމާގެ ޗީފް އެގްޒެކްޓިވް ހުއީޑޯ ފިއެންގާ ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އޭނާ ވިދާޅުވީ ރޯމާއިން އަބަދުވެސް ފެންނާނީ އެއްބައިވަންތަކަމުގެ މަންޒަރު ކަމަށާއި، ކުޅުންތެރިންގެ ފަރާތުން މި ފެނިގެންދިޔައީ ވަރަށް މުހިއްމު ސިފައެއް ކަމަށެވެ.

ހަތަރު މަހުގެ މުސާރަ ނުނަގަން ރޯމާގެ ކުޅުންތެރިން ނިންމިއިރު، މީގެ ކުރިން ޔުވެންޓަސްގެ ކުޅުންތެރިންނާއި ކޯޗު މައުރީޒިއޯ ސާރީ ވަނީ ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމާފައެވެ. މި މުއްދަތުގައި ޔުވެންޓަސްއަށް 90 މިލިއަން ޔޫރޯ ރައްކާކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ އެކި ކްލަބުތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މީގެ ކުރިން ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ވަނީ މުސާރަ ކުޑަކުރަން ނިންމާފައެވެ. އަދި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން މުސާރަ އެއްވެސް ގޮތަކަށް ނުނަގަން ނިންމާފައިވާއިރު، ބަޔާން މިޔުނިކާއި ބޮރޫޝިއާ ޑޯޓްމުންޑްގެ ކުޅުންތެރިން ވަނީ މުސާރަ ކުޑަކުރަން ނިންމާފައެވެ. މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުން ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވަނީ ސައުތެމްޓަނާއި ވެސްޓް ހޭމް ޔުނައިޓެޑުން އެކަންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު