Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ-ރާއްޖެ ގުޅުން

މި ހައްސާސީ ދަނޑިވަޅުގައި އިންޑިއާއިން ބޭނުންވަނީ ރާއްޖެއާއެކު ގާތުން މަސައްކަތް ކުރަން: މޯދީ

ކޮވިޑް-19 އަކީ ދެގައުމުން ހަނގުރާމަ ކުރަމުންދާ އެއް ދުޝަމަނެއް ކަމަށް މޯދީ ސިފަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އެޕްރީލު 2020 | ހޯމަ 08:55
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު (ކ) އާއި ސަލާމް ކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު (ކ) އާއި ސަލާމް ކުރައްވަނީ

ކޮވިޑް-19 ފެތުރި އޭގެ އެންމެ ނުރައްކާ ބޮޑު މި ދަނޑިވަޅުގައި އިންޑިއާއިން ބޭނުން ވަނީ ރާއްޖެއާއެކު ގުޅިގެން ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޯނުން ގުޅުއްވާ ކޮވިޑް-19 އާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވިވެފައިވަނީ ރައީސް ސޯލިހާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދެއްކެވި ކަމަށާއި، ކޮވިޑް-19 ރޯގާއާއި ސިއްހަތާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނު ކަމަށެވެ.

މޯދީ ސިފަކުރެއްވީ ކޮވިޑް-19 އަކީ ދެ ގައުމުން ހަނގުރާމަ ކުރަމުންދާ އެއް ދުޝްމަނެއްގެ ގޮތުގައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ހާއްސަ ގުޅުން މި ހަނގުރާމައިގެ ތެރޭގައި އިތުރަށް ވަރުގަދަ ވެގެންދާ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި އިންޑިއާއިން އަބަދުވެސް ސަރަހައްދުގެ އަވަށްޓެރި އަދި އެކުވެރިޔާ އެކީގައި މި ހައްސާސީ ދަނޑިވަޅުގައި އެކުގައި މަސައްކަތް ކުރައްވާނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

ދެބޭފުޅުންގެ މަޝްވަރާއަށްފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެގައުމުން ގުޅިގެން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ ކަންތައްތަކާއި ގުޅޭ މަޝްވަރާ ކުރެއްވުނު ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް އެހީތެރިވެދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 52 ކޭސްއެއް ފެނިފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 14 ދިވެއްސަކާއި، ބަންގުލަދޭޝްގެ 15 މީހަކާއި އިންޑިއާ 2 މީހެކެވެ. މީގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހަކާއި ކަރަންޓީން ފެސިލިޓީން ޕޮޒިޓިވްވި 5 މީހަކު ހިމެނެއެވެ. އަދި ބޭރަށް ފުރައިގެން ދިޔަ 2 މީހުންގެ އިތުރުން އުލިގަމުން ފެނުނު ދިވެހި މީހެއް ހިމެނެއެވެ. މިހާތަނަށް މިބަލިން 16 މީހަކު ވަނީ ރަނގަޅުވެފައެވެ.

އިންޑިއާއިން މިހާތަނަށް 17،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 559ށް އަރާފައެވެ. އަދި 2800 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
15 މެއި 2017

މި ޒައާމަތުގައި ބޭނުންވަނީ ފާހާނަ ސާފުކުރާނެ މީހެއް: ރައީސް ޔާމީން

15 މެއި 2017
މި ޒައާމަތުގައި ބޭނުންވަނީ ފާހާނަ ސާފުކުރާނެ މީހެއް: ރައީސް ޔާމީން
09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު