ކ. މާލެ
|
19 އޭޕްރިލް 2020 | އާދީއްތަ 14:11
އައިޖީއެމްއެޗް ލެބޯޓްރީ
އައިޖީއެމްއެޗް ލެބޯޓްރީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 މީހަކު ޕޮޒިޓިވްވުން
ކޮވިޑް-19 އަށް އިތުރު ބިދޭސީއަކު ޕޮޒިޓިވްވެއްޖެ
 
މިއީ ޕޮޒިޓިވްވި ދެވަނަ ބިދޭސީ މީހާ

މާލެސިޓީއިން ދެވަނަ ބިދޭސީ މީހާ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް ބިދޭސީއެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާގެ ޕޮޒިޓިވްވީ ފްލޫ ކްލިނިކަށް ދައްކަން ޑޮކްޓަރަށް ދައްކަން ދިޔުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ލޯކަލް ޓްރާންސްމިޝަން ފާހަގަވި ފަހުން މާލެއިން 16 ވަނަ އަށް ޕޮސިޓިވްވި މީހާއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ކުރިއަށް އޮތް 14 ދުވަހަކީ ޕީކް ދުވަސްވަރެއްކަމަށް ފާހަގަކޮށް އިތުރު ބައެއް މާލެ ސިޓީ ޕޮޒިޓިވްވާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެއެވެ. އަދި މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
83%
17%
0%
0%
ކޮމެންޓް