Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޮކްޑައުން ހާލަތު ނިމެންދެން ޖަމާއަތް ނުހެދޭނެ

ރޯދަ މަހުވެސް، ލޮކްޑައުން ކޮށްފައިވާނަމަ، މިސްކިތުގައި ޖަމާއަތް ނުހެދޭނެ: އިސްލާމިކް މިނިސްޓަރު

18 އެޕްރީލު 2020 | ހޮނިހިރު 14:12

މޮނީޓަރިންގ ހާލަތުގައި އަދި ލޮކްޑައުން ހާލަތުގައި މިސްކިތުގައި ޖަމާއަތް ނުހެދޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އެޕްރީލު 2020 | ހޮނިހިރު 14:12
އިސްލާމިކް މިނިސްޓްރީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިސްލާމިކް މިނިސްޓްރީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު، މާލެ ސަރަހައްދު ލޮކްޑައުންކޮށް، އަދި އެއްރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައިވާއިރު، ރަށްރަށުގެ ހާލަތަށް ރިޔާއަތްކޮށް ޖަމާއަތުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ކޮވިޑް-19 ކަވަރޭޖް"އަށް ފޯނުން މައުލޫމަތު އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ، ރަށްރަށުގެ ހާލަތު ބެލުމުގައި އަދި ޖަމާއަތުގައި ނަމާދު ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް އިރުޝާދު ދެއްވައިފިނަމަ، އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޒާހިރު ވިދާޅުވީ، މާލެ ސަރަހައްދުގައި މިހާރު މިއޮތް ހާލަތުގައި ރޯދަމަސް ފެށޭއިރުވެސް މިސްކިތުގައި ޖަމާއަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް މިނީޓަރިންގ ނުވަތަ ލޮކްޑައުން ހާލަތުގައި ނުވާ ރަށްރަށުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަމުންދާނެ ކަމަށެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ، ޖަމާއަތުގައި ނަމާދު ކުރެވޭ މިސްކިތްތަކުގައި މިހާރުވެސް ކޮންމެ ފަރުޟު ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔަމުންދާނެ ކަމަށެވެ. އަދި މިސްކިތްތަކުގައި ޖަމާއަތް ނެހެދޭ ރަށްރަށުގައި ވެސް ގޭގައި ތިއްބަވައިގެން، ވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވަޞިއްޔަތްކުރައްވާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، މިހާލަތަށް ރިޔާއަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިދިއަ މާރޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި ވެއެވެ. އެގޮތުން މާލެ ސަރަހައްދާއި އަރާފޭބުން މަނާ ކޮށްފައިވާ ރިސޯޓުތަކުން ޖަމާތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތްއޮތުން މިހާރު މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން މުއްދަތު ނިމެންދެން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފަ އެވެ.

މާލެ ސަރަހައްދުގައި ކޮމިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއެކު މިމަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ. އަދި ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 14 އިތުރު ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ.

މާލެ ސަރަހައްދު ލޮކްޑައުންކުރީ މިމަހުގެ 15 ވަނަ ދުވަހު ދުވަހު އެވެ. ކުރިއަށްއޮތް ހަފްތާގައި ރޯދަމަސް ފެށޭއިރު، މާލެ ސަރަހައްދު އޮންނާނީ ލޮކްޑައުންގަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 މެއި 2017

ރޯދަ އެލަވަންސް ދިނުމުން ވެސް ގެއަށް ގެންދަން ލިބުނު އާމްދަނީ އިތުރެއް ނުވި!

25 މެއި 2017
ރޯދަ އެލަވަންސް ދިނުމުން ވެސް ގެއަށް ގެންދަން ލިބުނު އާމްދަނީ އިތުރެއް ނުވި!
21 މެއި 2017

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

21 މެއި 2017
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި
18 މެއި 2017

ރޯދަމަހަށް ހަދާ ވަގުތީ ދަތުރުވެރިންގެ މާރުކޭޓްގައި ތަކެތި ވިއްކަން ފުރުސަތު ހުޅުވާލައިފި

18 މެއި 2017
ރޯދަމަހަށް ހަދާ ވަގުތީ ދަތުރުވެރިންގެ މާރުކޭޓްގައި ތަކެތި ވިއްކަން ފުރުސަތު ހުޅުވާލައިފި
18 މެއި 2017

ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

18 މެއި 2017
ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
17 މެއި 2017

މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި

17 މެއި 2017
މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި
14 މެއި 2017

ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

14 މެއި 2017
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
10 މެއި 2017

ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި

10 މެއި 2017
ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި
09 މެއި 2017

ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި

09 މެއި 2017
ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި
26 އެޕްރީލު 2017

ރެޑްވޭވް ރޯދަ ސޭލް ފަށައިފި

26 އެޕްރީލު 2017
ރެޑްވޭވް ރޯދަ ސޭލް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް