Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލާތާއި ރާއްޖޭގެ ގުޅުން

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން އެޅި ފިޔަވަޅު ތަކަށް ވިލާތުގެ އިއްތިހާދުގެ ތައުރީފް ދިވެހި ސަރުކާރަށް

ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވަނީ ހަރުދަނާ ފިޔަވަޅު ތަކެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 އެޕްރީލު 2020 | ބުރާސްފަތި 19:44
އީޔޫއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ، ރައީސް ސާލިހު އާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން

އީޔޫއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ، ރައީސް ސާލިހު އާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން

ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި ޔޫރަޕުން ދަނީ ރާއްޖެއިން ފިލާވަޅު ލިބިގަންނަމުން ކަމަށް ވިލާތުގެ އިއްތިހާދުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ ގައި ސަފީރު ޝާއިއު ކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވެފަައި ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް މިހާތަނަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ.

Advertisement - newsAdvertisement

ސަފީރު ވިދާޅުވީ ވިލާތުން ރާއްޖެއަކީ މިސާލެއްގެ ގޮތުގައި ބަލާ، ވައިރަސް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، ކޮންޓްރޯލް ކުރެވުމަކީ 'އީކުއޭޝަން'ގެ އެއްބައި ކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވެފައިވަނީ އީކުއޭޝަން ފުރިހަމަވާނީ ވައިރަހާއި ގުޅިގެން އިގްތިސާދަށް ކުރާ އަސަރުތަކުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުމުން ކަމަށެވެ. އެގޮތުން، މިވައިރަހުގެ ސަބަބުން އާއްމު ދިރިއުޅުމަށް ކުރާ އަސަރުތައް ކުޑަކުރެވޭނީ އެކަކު އަނެކަކަށް އެހީތެރިވެދީ، އެއްގައުމު އަނެއްގައުމާއި ގުޅިގެން ކަމަށް ސަފީރުގެ ލިޔުއްވުމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ސަފީރު ފާހަގަ ކުރައްވާފައިވެއެވެ.

ސަފީރު މިސާލެއްގެ ގޮތުގައި ނެންގެވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތިބި ވިލާތުގެ ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް ކުރެވުނު މަސައްކަތެވެ. އެގޮތުން، ވިލާތައް ނިސްބަތްވާ 90% ށް ވުރެ ގިނަ ފަތުރުވެރިން އެމީހުންގެ ގައުމަށް އަނބުރާ ގެންދެވުނީ ރާއްޖެއާއި ވިލާތުގެ އިއްތިހާދާ ގުޅިގެން ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.

ސަފީރު ވިދާޅުވީ ރާއްޖެއާއި ވިލާތުން އެންމެ އިސްކަމެއް ދެނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.

ވައިރަސް ފެތުރުން ހުއްޓުވަން ބޭނުންވާނަމަ، މި ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި ހުރިހާ ގައުމަކުންވެސް ބައިވެރިވާން ޖެހޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު