Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ

ބުރާސްފަތި އަދި ހޮނިހިރު ދުވަހު އައިޖީއެމްއެޗުން ދެމުން ގެންދާ ބައެއް ޚިދުމަތްތައް މެދުކަނޑާލާނެ

އައިޕީޑީ އަދި އިމަރޖެންސީ ޚިދުމަތްތައް އެހެން ދުވަސްތަކެކޭ އެއްގޮތަށް ދެމުން ގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އެޕްރީލު 2020 | ބުރާސްފަތި 05:08
އައިޖީއެމްއެޗް - ދެމުންގެންދާ ބައެއް ޚިދުމަތްތައް ވަނީ ދެ ދުވަހަށް މެދުކަނޑާލާފައި

އައިޖީއެމްއެޗް - ދެމުންގެންދާ ބައެއް ޚިދުމަތްތައް ވަނީ ދެ ދުވަހަށް މެދުކަނޑާލާފައި

ކޮވިޑް-19 މާލޭގައި ދިރިއުޅޭ ރައްޔިތެއްގެ ގައިން ފެނުމާއެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އިން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތައް ބުރާސްފަތި އަދި ހޮނިހިރު ދުވަހު މެދުކަނޑާލާނެ ކަަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން އެކަމާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ދުވަހު ހޮސްޕިޓަލުން ދެމުން ގެންދާ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ. އެހެންނަމަވެސް އައިޕީޑީ އަދި އިމަރޖެންސީ ޚިދުމަތްތައް އެހެން ދުވަސްތަކެކޭ އެއްގޮތަށް ދެމުން ގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަދި އައިޖީއެމްއެޗުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރާނެ ގޮތެއް ހޮނިހިރު ދުވަހު ހާމަކުރާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ކޮވިޑް-19 އަށް މާލޭގައި ދިރިއުޅެމުންދާ ރައްޔިތަކު ޕޮޒިޓިވްވެފައިވާއިރު މާލެ ހިމެނޭ ސަރަހައްދު ވަނީ 24 ގަޑިއިރު ވަންދެން ލޮކްޑައުންކޮށްފައެވެ. އެހެންކަމުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫނީ ތަންތަނުން މިހާރު ދެމުންނެއް ނުގެންދެއެވެ. ނަމަވެސް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތްތައް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަމަޖައްސަމުންނެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު