Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިހާބު

އޮބާމާގެ ތާއިދު ޖޯ ބައިޑެން އަށް

ޖޯ ބައިޑެން ވަނީ އޮބާމާ އަށް ޝުކުރު އަދާކުރައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 15 އެޕްރީލު 2020 | ބުދަ 01:55
އޮބާމާގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނުގެ ނައިބް ރައީސް ޖޯ ބައިޑަންއާ އެކު

އޮބާމާގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނުގެ ނައިބް ރައީސް ޖޯ ބައިޑަންއާ އެކު

މިއަހަރު ފަހުކޮޅު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖޯ ބައިޑެން އަށް ތާޢީދުކުރެއްވަން ނިންމެވިކަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އިޢުލާނު ކުރައްވައިފިއެވެ.

އޮބާމާގެ ވެރިކަމުގައި ނައިބް ރައީސްކަންވެސް ކުރެއްވި ޖޯ ބައިޑެން އަށް ތާޢީދުކުރައްވަން ނިންމެވިކަން އޮބާމާ އިޢުލާނު ކުުރެއްވީ، ޓްވިޓަރގައި ހިއްސާކުރެއްވި ވީޑިއޯއެއްގައެވެ.

އޮބާމާ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސް ކަމަށް ބައިޑެން ޢައްޔަނު ކުރެއްވުމަކީ މިހާތަނަށް ނިންމެވި އެންމެ ރަނގަޅު އެއް ނިންމެވުން ކަމަށާއި، ޖޯ ބައިޑެން އަކީ ރައީސެއްގެ ކިބާގައި ހުންނަންވާ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވެފައިވާ ބޭފުޅެއް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެެ.

ބާރަ މިނިޓްގެ އެ ވީޑިއޯ ގައި ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނަން ނުގެންނަވާ އޮބާމާ ވިދާޅުވީ މި ދަނޑިވަޅުގައި ވައިޓް ހައުސްއަަށް ވަރުގަދަ ލީޑަރޝިޕެއް ބޭނުންވާ ކަމަށެވެ.

2009 ވަނަ އަހަރު ފެތުރުނު އެޗްވަންއެންވަން އައުޓް ބްރޭކްގައި ޖޯ ބައިޑެން ކުރެއްވި މަސައްކަތްވެސް އޮބާމާ ފާހަގަކުރެއްވިއެވެ. އޮބާމާގެ މެސެޖަށް ޓްވިޓަރ ގައި ޖަވާބުދެއްވަމުން ޖޯ ބައިޑެން ވިދާޅުވީ، ޤައުމަށްޓަކައި ކުރާ މަސައްކަތުގައި އޮބާމާ ފަދަ ދެވަނަ ބައިވެރިޔަކު އަރިހުގައި ނުހުންނަވާނެ ކަމަށެވެ.

ޖޯ ބައިޑެން އަށް ތާޢީދުކުރައްވާނެކަން އޮބާމާ އިޢުލާނު ކުރައްވާފައިވާއިރު، ބަރނީ ސެންޑަރސް ވެސް ވަނީ ޖޯ ބައިޑެން އަށް ތާޢީދުކުރައްވަން ނިންމަވާފައެވެ. މި ދެބޭފުޅުންނަކީ ކުރިން ބައެއް ސިޔާސަތުތަކަށް ޚިޔާލު ތަފާތުވެ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑު ވިދާޅުވެފައިވާ ދެ ބޭފުޅުންނެވެ. އެގޮތުން ދެބޭފުޅުން ޚިޔާލު ތަފާތުވެފައި ވަނީ ޚާރިޖީ ސިޔާސަތާއި، ސިއްޙަތާއި ބެހޭ ސިޔާސަތުތަކާއި މެދުގައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރެލާާއަށް ހަމަލާދޭން އުޅުނު އައިސިސް އަށް ތާއިދުކުރާ ތިން މީހަކު ހައްޔަރުކޮށްފި

ކެރެލާާއަށް ހަމަލާދޭން އުޅުނު އައިސިސް އަށް ތާއިދުކުރާ ތިން މީހަކު ހައްޔަރުކޮށްފި

01 މެއި 2019
އަޣުލަބިއްޔަތު މެމްބަރުން އަޅުގަނޑަށް ތާއިދުކޮށްފި: ރަނިލް

އަޣުލަބިއްޔަތު މެމްބަރުން އަޅުގަނޑަށް ތާއިދުކޮށްފި: ރަނިލް

13 ޑިސެމްބަރު 2018
ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް

14 ޖުލައި 2018
އިރާނުގެ ސަރުކާރަށް ތާއިދު ކުރާކަން ހާމަކޮށް އެކި ސިޓީތަކަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

އިރާނުގެ ސަރުކާރަށް ތާއިދު ކުރާކަން ހާމަކޮށް އެކި ސިޓީތަކަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

03 ޖެނުއަރީ 2018
އިރާނުގެ ސަރުކާރަށް ތާއިދު އޮތްކަން ހާމަކޮށް ހޮނިހިރު ދުވަހު ވެރިރަށް ތެހެރާނުގައި މުޒާހަރާއެއް ބާއްވައިފި

އިރާނުގެ ސަރުކާރަށް ތާއިދު އޮތްކަން ހާމަކޮށް ހޮނިހިރު ދުވަހު ވެރިރަށް ތެހެރާނުގައި މުޒާހަރާއެއް ބާއްވައިފި

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު