Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަމަނުޖެހުން

އިރާނުގެ ސަރުކާރަށް ތާއިދު އޮތްކަން ހާމަކޮށް ހޮނިހިރު ދުވަހު ވެރިރަށް ތެހެރާނުގައި މުޒާހަރާއެއް ބާއްވައިފި

މި ސުލްހަވެރި މުޒާހަރާގައި 2000 އެއްހާ މީހުން ބައިވެރިވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 ޑިސެމްބަރު 2017 | ހޮނިހިރު 19:16
ސަރުކާރަށް ތާއިދު އޮތްކަން ހާމަކުުރުމުގެ ގޮތުން ބޭއްވި މުޒާހަރާގެ ތެރެއިން

ސަރުކާރަށް ތާއިދު އޮތްކަން ހާމަކުުރުމުގެ ގޮތުން ބޭއްވި މުޒާހަރާގެ ތެރެއިން

އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު މުޒާހަރާ ކުރެވެމުން ދާއިރު، ސަރުކާރަށް ތާއިދު އޮތްކަން ހާމަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު މުޒާހަރާއެއް ބާއްވައިފިއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވެރިރަށް ތެހެރާނުގައި ދެހާހެއްހާ ރައްޔިތުން ވަނީ ސަރުކާރުގެ ޕޮލިސީތަކަށް ތާއިދުކޮށް އަޑުއުފުލާފައެވެ. އިރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ސަރުކާރަށް ތާއިދު އޮތްކަން ހާމަކުރުމުގެ ގޮތުން ބޭއްވި އެއްވުމުގެ މަންޒަރުތައް ދައްކާފައެވެ.

އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރެވެމުންދާ މުޒާހަރާތަކަކީ "ގާނޫނާ ހިލާފު އެއްވުންތަކެއް ކަމަށާއި" އެފަދަ މުޒާހަރާތަކުގައި ބައިވެރިނުވުމަށް އިރާނުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

ބުރާސްފަތި ދުވަހު މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. މުޒާހަރާތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯތުތައް ބުނާއިރު ހައްޔަރު ކުރީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދި ނޭނގެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގައުމުގެ އެކި ސިޓީތަކުގައި ކުރަން ފެށި މުޒާހަރާތައް ހުއްޓުމެއް ނެތި ވެރިރަށް ތެހެރާނާއި އެހެނިހެން ވެސް ސިޓީތަކަށް ވަނީ ފެތުރިފައެވެ.

އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރެވެމުންދާ މުޒާހަރާތައް "ދުނިޔެ އިން ބަލަމުންދާ ކަމަށް" ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ ސަރުކާރަށް އިންޒާރު ދެއްވާފައެވެ. ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ "ޚުދުމުޚުތާރު ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އަދި ސަރުކާރުގެ ކޮރަޕްޝަނާ މެދު ހިތްހަމަ ނުޖެހިގެން އިރާނުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކުގެ ރިޕޯޓުތައް ލިބިވަޑައިގެންފައިވާ" ކަމަށެވެ. އަދި އިރާނުގެ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ ހައްގަށް އެގައުމުގެ ސަރުކާރުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި "ދުނިޔެއިން ވަރަށް ގާތުން އިރާނުގެ ހާލަތު ބަލަމުންދާ" ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި

09 އޯގަސްޓު 2017
ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި
18 ޖުލައި 2017

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
21 ޖޫން 2017

ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ

21 ޖޫން 2017
ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ
20 ޖޫން 2017

އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި

20 ޖޫން 2017
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
17 މެއި 2017

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު