Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

ރާއްޖެއިން އެއްވެސް ފިޔަވަޅެއް ނޭޅިނަމަ 10،891 މީހުން މަރުވާނެ، 98،501 މީހުންނަށް ބަލިޖެހޭނެ!

އެކަން ބަޔާންކޮށްފައިވަނީ ކޮވިޑް-19 އެމަރޖެންސީ ރެސްޕޮންސް ރިޕޯޓްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2020 | އަންގާރަ 16:39
އައިޖީއެމްއެޗް ލެބް - ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

އައިޖީއެމްއެޗް ލެބް - ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ ރާއްޖެއިން 10،891 މީހުން މަރުވާނެކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފިއެވެ.

ކޮވިޑް-19 އެމަރޖެންސީ ރެސްޕޮންސްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް އަންގާރަ ދުވަހު މީޑިއާތަކާ ހިއްސާކޮށްފައިވާއިރު، އެ ރިޕޯޓްގައިވާގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ 10،891 މީހުން މަރުވާނެކަމަށް ބެލެވޭ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި "ފުލް ލޮކްޑައުން" އަކަށް ގޮސްފިނަމަ މަރުވާނެ ކަމަށް ބެލެވެނީ އެންމެ 4 މީހުން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން އަންގާރަ ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ ޖުމުލަކޮށް މާލެ ސަރަޙައްދުން 46،627 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އަތޮޅުތަކުން 51،874 މީހުން ބައްޔަށް ޕޮޒިޓިވްވާނެކަމަށް ބެލެވޭއިރު، ޖުމްލަ 98،501 މީހުންނަށް ކޮވިޑް-19 ޖެހެނޭކަމަށް ބެލެވެއެވެ. އެގޮތުން އެއްވެސް ފިޔަވަޅެއް ނާޅައިފި ނަމަ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް އިތުރަށް އެތައް އަދަދަކަށް ވައިރަސްއަށް މީހުން ޕޮޒިޓިވްވާނެ ކަަމަށެވެ. އަދި 47 ދުވަސް ތެރޭގައި ޕީކްއަށް ދާނެ ކަމަށް ބެލެވޭ ކަމަށް ޑރ ވިދާޅުވިއެވެ.

ނަމަވެސް މިހާރާއި ލައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެއަށް އަމަލުކޮށްފިނަމަ، މި އަދަދު މަދު ކުރެވޭނެ ކަަމަށާއި، އެންމެ ޕީކަށްދާ ދުވަހުގަގއިވެސް ބަލި ޖެހޭނީ 2000 އެއްހާ މީހުންނަށް ކަމަށް ޑރ ވިދާޅުވިއެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ޑރ ވިދާޅުވިއެވެ.

ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭއިރު، ޚާއްސަކޮށް މާލެފަދަ އާބާދީ ބޮޑު ސަރަޙައްދުތަކަށް އިސްކަންދޭންޖެހެއެވެ. އަދި ހޮސްޕިޓަލުތަކުގެ ތޮއްޖެހުން މަދުކޮށް، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެކަން ޑރ ނަޒްލާގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.

ރިޕޯޓާ ޙަވާލާދީ ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެނަމަ އެންމެ ޕީކްގައި 13000 މީހުން އެއްދުވަހާ ހޮސްޕިޓަލަށް ގެންދެވޭނެ ކަމަަށެވެ. ނަމަވެސް ހަރުކަށި ފިޔަވަޅު އަޅައިފިނަމަ ބަލި ފެތުރިއްޖެ ޙާލަތެއްގައިވެސް އެންމެ ގިނައިން ފަރުވާދޭން ޖެހޭނީ 300 އެއްހާ މީހުންނަށް ކަމަށް ޑރ ވިދާޅުވިއެވެ. އަދި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންވެސް މި ދެ ޙާލަތުގައި 400 އިން 100 އަށް މަދު ކުރެވޭނެ ކަމަށް ޑރ ވިދާޅުވިއެވެ.

އޭގެއިތުރުން، އުމުރުފުރާއަށް ބަލާއިރު، ވައިރަސްގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށްކަމަށް ބަޔާންކޮށްފައިވާއިރު، ސިވިއަރ ހާލަތެއްގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 60 އަހަރުން މަތީގެ މީހުންގެ 35 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު އެބައޮތެވެ. އަދި އެފަދަ ޙާލަތެއްގައިވެސް 1403 މީހަކު މަރުވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު