Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަގުވާމީ މެޗުތައް ފަސްކުރުން

ބައިނަލްއަގުވާމީ މެޗުތައް މިއަހަރު ނުކުޅޭނެ ކަމުގެ އިޝާރާތެއް

14 އެޕްރީލު 2020 | އަންގާރަ 10:48

ފީފާއިން މީގެ ކުރިން ވަނީ މާޗު މަހާއި ޖޫން މަހު ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އެޕްރީލު 2020 | އަންގާރަ 10:48
ފީފާގެ ނައިބު ރައީސް ވިކްޓާ މޮންޓަގްލިއާނީ

ފީފާގެ ނައިބު ރައީސް ވިކްޓާ މޮންޓަގްލިއާނީ

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބައިނަލްއަގުވާމީ މެޗުތައް އަންނަ އަހަރުގެ ނިޔަލަށް ފަސްކުރަން ޖެހިދާނެ ކަމަށް ފީފާގެ ނައިބު ރައީސް ވިކްޓާ މޮންޓަގްލިއާނީ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ފީފާއިން މީގެ ކުރިން ވަނީ މާޗު މަހާއި ޖޫން މަހު ކުޅެން ތާވަލުކޮށްފައި ހުރި ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ފީފާގެ ނައިބު ރައީސް އަދި ކޮންކާކަފްގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ ވިދާޅުވީ މެދު ކަނޑާލާފައިވާ ކްލަބު ފުޓްބޯޅަ މުބާރާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، ބައިނަލްއަގުވާމީ މެޗުތައް އަންނަ އަހަރުގެ ނިޔަލަށް ފަސްކުރަން ޖެހިދާނެ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވްމެބަރު މަހު ކުޅުމަށް ތާވަލުކޮށްފައި ހުރި މެޗުތައް އަންނަ އަހަރުގެ ނިޔަލަށް ފަސްކުރަން ޖެހިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފީފާއިން ބައިނަލްއަގުވާމީ މެޗުތައް އަންނަ އަހަރުގެ ނިޔަލަށް ފަސްކުރަން މަސައްކަތް ކުރަމުން އަންނައިރު، ޔުއެފާއިން މީގެ ކުރިން ޔޫރޯ ފުޓްބޯލަ މުބާރާތް އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ފަސްކޮށްފައެވެ. އަދި ކޮންމެބޯލްއިން މީގެ ކުރިން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް އަންނަ އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ.

ބައިނަލްއަގުވާމީ މެޗުތައް މިއަހަރު ނުކުޅޭނެ ކަމުގެ އިޝާރާތެއް ފީފާގެ ނައިބު ރައީސް ދެއްވިއިރު، ހުއްޓިފައިވާ ފުޓުބޯޅައިގެ ހަރަކާތްތައް އަވަސްއަރުވާލައިގެން އަލުން ފެށުން އެއީ ޒިންމާދާރު ކަމެއް ނޫން ކަމަށް ދާދި ފަހުން ފީފާގެ ރައީސް ޖިއާނިއޯ އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކްލަބުތަކުގެ މުބާރާތްތައް ފަސްކޮށްފައިވާއިރު، ފީފާއިން އަންނަނީ ލީގުތަކުގެ ކުޅުން ހޫނު މޫސުމުގައި ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުންނެވެ. އެގޮތުން ފީފާއިން މީގެ ކުރިން ވަނީ ލީގުތައް ދިގުދެމިގެން ދާނެތީ، ކްލަބުތަކަށް ދިމާވާނެ މައްސަލަތައް ހައްލުކޮށްދީފައެވެ. އެގޮތުން މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަދާފައި ތިބި ކުޅުންތެރިން، ސީޒަން ނިމެންދެން ކްލަބުގައި ތިބެވޭނެ ކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް