Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ އާމްދަނީ-މީރާ

ދައުލަތުގެ މާރޗު މަހުގެ އާމްދަނީ ފާއިތުވި އަހަރަށްވުރެ %26.9 ދަށްވެއްޖެ

މާރޗު މަހުގެ ޖުމުލަ އާމްދަނީގެ ތެރޭގައި 49.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2020 | އަންގާރަ 10:28
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މިއަހަރުގެ މާރޗު މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ 26.9 އިންސައްތަ ދަށަށް ގޮސްފި ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ މާރޗު މަހު މީރާއަށް 1.11 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %26.9 ދަށް އަދަދެއްކަމަށް މީރާއިން ބުނެއެވެ. އަދި މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %20.3 ދަށް އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.

އާމްދަނީ ދަށް ވުމުގެ ސަބަބާއި ގުޅޭގޮތުން މީރާއިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް ލަސްވެފައިވާ ކަމަށާއި، ފެބުރުވަރީ 2019 އާ އަޅާބަލާއިރު، ފެބުރުވަރީ 2020 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވެސް %11.1 ދަށްވެފައިވުން ކަމަށެވެ.

އޭގެ އިތުރުން، މާރިޗު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީކަން ފާހަގަކޮށް މީރާއިން ބުނީ، %57.3 ނުވަތަ 637.67 މިލިއަން ރުފިޔާ ޖީ.އެސް.ޓީ އާމްދަނީ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުން ކަމަށާއި، އެއީ 11.8% ނުވަތަ 131.64 މިލިއަން ރުފިޔާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީރާއިން ބުނީ، ބީ.ޕީ.ޓީގެ ގޮތުގައި 81.38 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 74.04 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 128.68 މިލިއަން ރުފިޔާ ހިމެނޭއިރު، މާރޗު މަހުގެ ޖުމުލަ އާމްދަނީގެ ތެރޭގައި 49.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު