Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާގެ ކޮރަޕްޝަން މައްސަލަ

އިސްތިއުފާ ދެއްވި ނައިބު ރައީސަށް ބާސާއިން ފިޔަވަޅު އަޅަނީ

އެމިލީ ރޫސޯޑް ވަނީ ބާސާގެ ބޯޑު މެމްބަރަކަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 އެޕްރީލު 2020 | އަންގާރަ 06:49
ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ

ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، މަގާމުން އިސްތިއުފާދެއްވި ނައިބު ރައީސް އެމިލީ ރޫސޯޑަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ބާސެލޯނާއިން ނިންމައިފި އެވެ.

ދާދި ފަހުން ބާސާ ބޯޑުގެ ހަ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވީ ކްލަބުގެ ހަތަރު ނައިބު ރައީސުންގެ ތެރެއިން އެމިލީ ރޫސޯޑާއި، އެންރިކޭ ޓޮމްބާސް އަދި ހަތަރު ޑިރެކްޓަރުން ކަމަށްވާ ސިލްވިއޯ އެލިއަސް އާއި، ޖޯސެފް ޕޮންޓް އާއި، ޖޯޑީ ކަލްސަމިޖިލިއާ އަދި މާރިއާ ޓެއިޒިޑޯ އެވެ.

މީގެ ތެރެއިން ނައިބު ރައީސް އެމިލީ ރޫސޯޑް ވަނީ މިހާރުގެ ބޯޑަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން މިވަގުތު ބާސާ ބޯޑުގައި އިން ކޮންމެވެސް އެއް މެމްބަރަކު ކްލަބުގެ ފައިސާ އަމިއްލަ ބޭނުމަށް ޚަރަދު ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބާސާގެ އިންތިޚާބު ވީ އެންމެ އަވަހަކަށް ބޭއްވުމަށްވެސް ވަނީ ގޮވާލާފައެވެ.

މިއާއެކު ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބުގެ ބޯޑަށް ކުރި ކޮރަޕްޝަންގެ ތުހުމަތަކީ ސީރިއަސް މައްސަލައެއް ކަމަށާއި، ހަގީގަތެއް ނެތި ފަތުރާ ވާހަކަތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންކަމުން އެ ކްލަބުގެ ކުރީގެ ނައިބު ރައީސް އެމިލީ ރޫސޯޑަށް ގާނޫނޯ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބާސާ ބޯޑުގެ ހަ މެމްބަރަކު މަގާމުން އިސްތިއުފާދީ، މިހާރުގެ ބޯޑަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރިއިރު، އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އާމެދު އެ ކްލަބުގެ ބޯޑު މެމްބަރުން ނުރުހޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާއިން 2015 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، ބާޓޮމެއު ހުންނެވީ އެ ކްލަބުގެ ވަގުތީ ރައީސްގެ މަގާމުގައެވެ. އެ އަހަރު ޖުލައި މަހު ބާސާގެ ރައީސް ކަމަށް އިންތިޚާބުވެ ބާޓޮމެއު އެންމެ ބޭނުންވި ކަމަކީ އޭނާގެ ދައުރުގައި ޗެމްޕިއަންސް ލީގުގެ ތަށި ހޯދާށެވެ. އެކަމަކު މިހާތަނަށް އަދި އެކަން ހާސިލްވެފައިނުވާއިރު، އަންނަ އަހަރު ބާސާގެ އައު އިންތިޚާބު އޮންނާނެ އެވެ.

މީގެ ކުރިންވެސް ބާސާގެ ރައީސް ބާޓޮމެއޫ އާމެދު އެ ކްލަބުގެ ބޯޑު މެމްބަރުން ނުރުހޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މައްސަލަ ގޯސްވީ ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ ގޮތުން ބާސާގެ އޭރުގެ ކޯޗުގެ މަގާމުން އާނެސްޓޯ ވަލްވޭޑޭ ދުރުކުރަން ބާސާގެ ބައެއް ބޯޑު މެމްބަރުންނާއި ގިނަ ސަޕޯޓަރުން ބޭނުންވި ނަމަވެސް، ގިނަ ބަޔަކާ ދެކޮޅަށް އެ ފަހަރު ވަލްވޭޑޭ މަގާމުގައި ބަހައްޓަން ބާޓޮމެއު ނިންމުމުންނެވެ. އެކަމަކު އޭގެ ފަހުން ކުއްލި ގޮތަކަށް ވަލްވޭޑޭއަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއްވެސް ނުދީ ބާސާއިން ވަނީ އޭނާ މަގާމުން ވަކިކޮށް، އެޓީމުގެ ކޯޗުގެ މަގާމަށް ކިކޭ ސެޓިއެން ހަމަޖައްސާފައެވެ.

އަދި އޭގެ ފަހުން ބާސާއިން އެ ކްލަބުގެ ރައީސް ބާޓޮމެއޫ ދިފާއުކޮށް، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވައްޓާލަން ބޭނުންވި ކަމަށްވެސް މީޑިއާތަކުގައި އަޑު ފެތުރުނެވެ. އަދި އެކަމަށް ކުންފުންޏެއްގެ އެހީ އެ ކްލަބުން ހޯދި ކަމަށާއި، އެގޮތުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޖެރާޑް ޕީކޭ އާއި ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ ހެނާންޑޭޒް އާއި ކާލްސް ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގުވައްޓާލަން ޓްވިޓާ އާއި ފޭސްބުކުގައި މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރި އެވެ.

ބާސާ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާ ދިންއިރު، އެޓީމުގެ ގިނަ ސަޕޯޓަރުންވެސް އަންނަނީ ރައީސްގެ މަގާމުން ބާޓޮމެއު އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބު ރައީސާއަކަށް އައިމިނަތު ޝާޒްލީން

އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބު ރައީސާއަކަށް އައިމިނަތު ޝާޒްލީން

11 މެއި 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު