Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު ގަތުމުގެ މައްސަލަ

ވެންޓިލޭޓަރު ގެންނަން ބަޖެޓުން އެއްވެސް ދިވެހި ކުންފުންޏަކަށް ފައިސާ ދީފައެއް ނުވާނެ: ސަރުކާރު

13 އެޕްރީލު 2020 | ހޯމަ 17:35

ދިވެހި ކުންފުންޏަކަށް ފައިސާ ދިން ކަމަށް ދައްކާ ވާހަކަ ދޮގު ކުރޭ

އަލީ ސަމާޚް
އަލީ ސަމާޚް | 13 އެޕްރީލު 2020 | ހޯމަ 17:35
ރާއްޖޭގައި 97 ވެންޓިލޭޓަރ މިހާރު އެބަހުރި

ރާއްޖޭގައި 97 ވެންޓިލޭޓަރ މިހާރު އެބަހުރި

ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެންނަން ދިވެހި އެއްވެސް ކުންފުންޏަކަށް އަދި މިހާތަނަށް ފައިސާ ދައްކާފައިނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހޯމަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހަތަރު ޕޯޓަބަލް ވެންޓިލޭޓަރު ގެނައުމަށް ހުޅުވާލި ފުުރުސަތުގައި 16 ފަރާތަަކުން ގުޅައި މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށައެޅި ހަތަރު ފަރާތުގެ ތެރެއިން ވެންޓިލޭޓަރު ގެނައުމަށް އެއް ކުންފުންޏަކަށް ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުން ވަނީ އިތުރު 135 ވެންޓިލޭޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެ ވެންޓިލޭޓަރުގެ ތަފްސީލު ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ، އޭގެ ތެރެއިން 50 ވެންޓިލޭޓަރު ގެނައުމަށް އެއް ކުންފުންޏަކާއި 20 ވެންޓިލޭޓަރު ގެނައުމަށް އެހެން ކުންފުންޏަކާއެކު އެގްރީމެންޓް ހެދިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވި ގޮތުގައި، 135 ވެންޓިލޭޓަރު ގަންނަން ނިންމާފައިވަނީ މާލިއްޔަތުގެ ގަވާއިދުގެ 10.26 ގެ ދަށުން ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައެޅިފައިވާ ގަވާއިދުގެ ތެރެއިންނެވެ.

އެޑްވާންސްކޮށް ފައިސާދީފައިނުވިޔަސް އެ ކުންފުނިތަކުގެ ނަމެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭނާ ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް 65 ސްޓޭޝަނަރީ ވެންޓިލޭޓަރާއި، 10 ޕޯޓަބަލް ވެންޓިލޭޓަރ ''ސޯސް'' ކުރުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސްކޮށް 75 ޕަސެންޓް ފައިސާ ދައްކާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި ކޮރަޕްޝަން މަގު ފަހިވާގޮތަށް އަމަލުކުރަމުންދާ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރާ ކަމަށް ނޫސްވެރިޔަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ، އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށްވަންޏާ ކަމާބެހޭ މުއައްސަސާތަކުން އެކަން ބަލަން ފުރުސަތު ސަރުކާރުން ދޭނެ ކަމަށެވެ.

މީގެކުރިން ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައާއި، މާލޭގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލުތަކާ އެކު ޖުމުލަ މުޅި ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.

ކޮވިޑް-19 ބަލިޖެހޭ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ބައެއް މީހުންނަށް ފަރުވާދޭން ޖެހެއެވެ. ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެތައް ގައުމެއްގައި ބަލި ޖެހިގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ގިނަވެފައިވާއިރު، ވެންޓިލޭޓަރުތައް މަދުވުމުގެ މައްސަަލަ ގިނަ ގައުމުތަކަކަށް ވަނީ ކުރިމަތިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް