Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ޑްރޮގްބާގެ ހޮސްޕިޓަލް ސަރުކާރުގެ ބޭނުމަށް ދީފި

ހޮސްޕިޓަލް ދިނުމަށް ނިންމީ ސަރުކާރަށާއި ގިނަ ބަޔަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2020 | ހޯމަ 11:04
އައިވަރީ ކޯސްޓާއި ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ

އައިވަރީ ކޯސްޓާއި ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ކަންކަމުގައި އެހީވުމުގެ ގޮތުން އައިވަރީ ކޯސްޓާއި ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ، އޭނާގެ ހޮސްޕިޓަލް ސަރުކާރަށް ދީފި އެވެ.

ޑްރޮގްބާގެ ލޯރެންޓް ޕޯކޯ ހޮސްޕިޓަލް ހުންނަނީ އައިވަރީ ކޯސްޓުގެ އަބިޖާން ސަރަހައްދުގައެވެ. މި އަހަރުގެ ފަހުކޮޅު ހުޅުވަން ތާވަލުކޮށްފައިވާ މި ހޮސްޕިޓަލް ސަރުކާރާ މި ވަގުތަށް ހަވާލުކުރަން ޑްރޮގްބާ ނިންމީ ކޮވިޑް-19 ގެ ކަންތައްތަކުގައި ސަރުކާރަށާއި ގިނަ ބަޔަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ޑްރޮގްބާ ފައުންޑޭޝަނުން ބުނީ ކޮވިޑް-19 ގެ ކަންކަމުގައި ބޭނުންކުރަން އެ ހޮސްޕިޓަލް ސަރުކާރަށް ދިންއިރު، މި މުއްދަތުގައި ސަރުކާރުން މި ހޮސްޕިޓަލް ބޭނުންކުރިޔަސް އެއްވެސް ބަދަލެއް ބޭނުންނުވާ ކަމަށެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ޑްރޮގްބާގެ އަމިއްލަ ހޮސްޕިޓަލް ސަރުކާރުގެ ބޭނުމަށް ދިންއިރު، އޭނާ ދާދި ފަހުން ވަނީ ކޮވިޑް-19 އަށް ތައްޔާރުކުރާ ފުރަތަމަ ވެކްސިން އެފްރިކާގައި ޓެސްޓްކުރަން ބާރުއަޅައި ފްރާންސްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ދެއްކި ވާހަކަ އަށް ވަރުގަދަ ރައްދެއް ދީފަ އެވެ.

ފްރާންސްގެ މީޑިއާއެއްގައި އެގައުމުގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ބުނެފައިވަނީ ކޮވިޑް-19 އަށް ފުރަތަމަ ތައްޔާރުކުރާ ވެކްސިން ޓެސްޓުކުރުމަށް އެފްރިކާގެ ގައުމުތަކުގެ ބޭނުން ހިފިދާނެ ކަމަށެވެ. އެކަމަށް ރައްދު ދެމުން ޑްރޮގްބާ ބުނީ އެފްރިކާ މީހުންނާ ދޭތެރޭ ފްރާންސްގެ ދެ ޑޮކްޓަރުން ދެއްކި ވާހަކައަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެފްރިކާ އަކީ ލެބޯޓަރީއެއް ނޫން ކަމަށެވެ. މީގެ އިތުރުން ޑްރޮގްބާ ބުނީ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މަސައްކަތް ކުރަންވީ ދުނިޔޭގެ އެންމެން ވެސް މި ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ކަމަށް ބުނެފައެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އައިވަރީ ކޯސްޓުން މިހާތަނަށް 574 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި

11 ޖޫން 2017
ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި
30 މެއި 2017

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
26 މެއި 2017

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި

26 މެއި 2017
ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި
23 މެއި 2017

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
26 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު