Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮންމެހެން ބާއްވަންޖެހޭ ޝަރީޢަތްތައް ހައިކޯޓުންވެސް ބާއްވަނީ

11 އެޕްރީލު 2020 | ހޮނިހިރު 10:46

ހައި ކޯޓުގެ އީމެއިލް: cra@highcourt.gov.mv މެދުވެރިކޮށް ފޯމްތައް ބަލައިގަނެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އެޕްރީލު 2020 | ހޮނިހިރު 10:46
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުވީނަމަވެސް، ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ހާއްސަ އުސޫލުތަކެއް އެކޯޓުން ކަނޑައަޅައިފި އެވެ.

"ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދިއުމުގައި އިދާރީ ގޮތުން ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާބެހޭ އުޞޫލު" ގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހަޅާ މައްސަލަތައް ހުށަހަޅާނެ ގޮތާއި ފޮނުވަން ބޭނުން އެކިއެކި ލިޔުންތައް ހުށަހަޅާނެގޮތާއި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ގުޅޭނެ ނަމްބަރުތައް ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން މައްސަލަތައް ބަލައިގަތުމާއި، މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ބޭންކް އެކައުންޓް ނަމްބަރެއް ހަމަޖައްސާފައިވާއިރު، ހައިކޯޓުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި އަމުރުތައް އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ. ޝަރީޢަތަށް މީހުން ވެއްދުމާއި ނެރުމުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި، ޢާންމު ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދީފައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތީން ޢަމަލް ކުރެވޭނެކަމަށާއި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދަން އެދޭ ފަރާތްތަކުން، އެކަމަށް ހާއްޞަކުރެވިފައިވާ ފޯމު ފުރިހަމަކޮށް، މެއިލް ކުރުމުން އޮންލައިންކޮށް ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން، އީމެއިލްއިން މުޢާމަލާތް ނުކުރެވޭ ފަރާތްތަކުން އެކިކަންކަމުގައި ކޯޓަށް ލިއުން ހުށަހެޅުއްވުމަށް ކޮންމެ ހަފްތާއަކު ހޯމަ ދުވަހު 10.00 އިން 13.00 ށް ހައިކޯޓާއި އަދި ހައިކޯޓުގެ އުތުރު އަދި ހައިކޯޓު ދެކުނުގޮފި ހުޅުވިފައި ހުންނާނެކަމަށާއި އެގަޑިތަކުގައި ކުށުގެ ރިކޯޑްފޯމް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށްފަހު ވަގުތުން ދޫކުރެވޭނެކަމަށާއި އެހެނިހެން ދުވަސްތަކުގައި ފޯމު ހުށަހަޅަންބޭނުންވާ ފަރާތްތަކުންން އީމެއިލްކުރުމުން އީމެއިލް ފޮނުވާފައިވާ އީމެއިލްއަށް ޖަވާބު ފޮނުވޭނެކަމަށްވެސް އުޞޫލުގައިވެއެވެ.

މިގެއިތުރުން، ކޯޓުން އާންމުކުރި އުސޫލުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި އެ ކޯޓުން ކުރިއަށް ގެންދާނީ ބަންދު އަމުރާއި ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތަކުގެ މައްސަލަތަކުގެ އިތުރުން ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެދިފައިވާ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި އަޑުއެހުން ނިމިފައިވާ މައްސަލަތަކެވެ. އެކަމަކު އެހެން ބާވަތުގެ މައްސަލައެއް ކަމަށް ވިޔަސް، އެ މައްސަލައެއް އަވަހަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފެނިއްޖެ ނަމަ، އެ މުއްދަތުގައި އެ މައްސަލައެއްގެ ޝަރީއަތް ހިންގިދާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ނަމަ އަދި އެކަމަށް ގާނޫނީ ހުރަހެއް ނެތް ނަމަ، އެ މައްސަލައެއްގެ ޝަރީއަތް ވީޑިއޯ ކޮޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެ ކަމަށްވެސް ހައިކޯޓުން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް