Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ކްރިމިނަލް ކޯޓު

ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޝަރީއަތްތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި

11 އެޕްރީލު 2020 | ހޮނިހިރު 09:16

ކްރިމިނަލް ކޯޓު ހެނދުނު 10:00 އިން ހަވީރު 15:00 އަށް ހުޅުވިފައި ހުންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އެޕްރީލު 2020 | ހޮނިހިރު 09:16
ކްރިިމިނަލް ކޯޓު

ކްރިިމިނަލް ކޯޓު

ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރު ބަންދު ކޮށްފައިވީނަމަވެސް، ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބުމަކީ މުހިއްމު ކަމެއްކަމުގައިވާތީ، ކްރިމިނަލް ކޯޓުގެ މަސައްކަތުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަޑިއިރު ދެމެންދާ ކަމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ބުނީ، ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވެސް ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތަކެއް ހިންގުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ދުވަސްފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށް ކޯޓު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަކު ޝަރީއަތްތައް ކުރިއަށް ގެންދާނީ ވީހާ ވެސް ބޮޑަށް މީހުން ކޯޓަށް ޖަމާ ނުވާނޭ ގޮތަށް ކަމަށާއި އަދި ޝަރީއަތްތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން އިސްކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ޝަރީއަތްތައް ކުރިއަށް ގެންދަން ކޯޓުން ބޭނުންކުރާނީ އެކަމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

މީގެ އިތުރުން ޝަރީއަތްތަކާ ގުޅޭ ލިޔުންތައް މިދުވަސްވަރު ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި އީމެއިލް މެދުވެރިިކޮށް ފޮނުވަން އެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދާދިފަހުން ވަނީ މިދުވަސްވަރު ޚާއްސަ އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ކުރިއަށް ގެންދަން ކޯޓުތަކަށް އެންގުމަށް ނިންމައިފަ އެވެ.

މީގެއިތުރުން، ސުޕްރީމް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޖިނާއީ އަދުލްގެ ނިޒާމުގެ ޝަރީއަތްތައް ހިންގާނެ ހާއްސަ ގަވާއިދެއް އެކުލަވާލައި، އަމަލު ކުރަން ފަށާފަ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 1.7 މިލިއަނަށްވުރެ މަތީގަ އެވެ. އަދި މިބަލީ ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. އެބަލީގައި ރާއްޖޭގައި ފަރުވާ ދެމުންދަނީ ހަތަރު ދިވެއްސަކަށް އެކަންޏެވެ. އިޓަލީ ދެމީހަކު ޕޮޒިޓިވް ވެފައިވާއިރު އެދެ މީހުން ވަނީ ރާއްޖެއިން ފުރާފަ އެވެ. ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅު ވެފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް