Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތަކުން އަޅާފިޔަވަޅުތައް އަވަހަށް ނިމުމަކަށް ގެންނާތީ ޑަބްލިޔުއެޗްއޯއިން އިންޒާރުދީފި

ބައެއް ގައުމުތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން އިތުރަށް ހާލަތު ގޯސްވަމުންދާނެކަމަށް ޓެޑްރޯސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އެޕްރީލު 2020 | ހުކުރު 23:55
ޑަބްލިޔުއެޗްއޯގެ މައި އޮފީސް

ޑަބްލިޔުއެޗްއޯގެ މައި އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް މާ އަވަހަށް ނިމުކަކަށް ގެންނާތީ އެކަމުގެ ސަބަބުން ވައިރަސް ކޮންޓްރޯލް ނުކުރެވި އިތުރަށް ފެތުރިދާނެކަމަށް ބުނެ އެކަމުގެ އިންޒާރު ގައުމުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ދީފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެެނޯމް ގެބްރިއޭސަސް ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ވައިރަސް ކޮންޓްރޯލްވަމުންދާތަން ފެންނަން ޑަބްލިޔުއެޗްއޯއިން ވެސް ބޭނުންވާކަމަށެވެ. ނަމަވެސް ލޮކްޑައުންކޮށްފައި އޮންނަ އޮތުމާއި އެނޫންވެސް ފިޔަވަޅުތައް އަވަހަށް ނިމުމަކަށް ގެނައުމަށް ބައެއް ގައުމުތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން އިތުރަށް ހާލަތު ގޯސްވަމުންދާނެކަމަށް ޓެޑްރޯސް ވިދާޅުވި އެވެ. މީގެއިތުރުން އެފްރިކާގެ ގައުމުތަކަށް ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ އިޓަލީ، ޖަރމަނީ ، ސްޕެއިން އަދި ފްރާންސުން ވައިރަސް ކޮންޓްރޯލް ކުރެވެމުންދާތަން ކޮންމެސް ވަރަކަށް ފެންނަމުންދާ ކަމަށެވެ. ނަމަވެސް އެހެން ހިސާބުތަކުގައި ވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރު ލިބިގެންދާކަމަށް ޓެޑްރޯސް ވިދާޅުވި އެވެ. ޓެޑްރޯސް އިޝާރާތްކުރެއްވީ 16 ގައުމު ހިމެނޭ އެފްރިކާއަށެވެ.

ދުނިޔޭގެ 1.5 މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ ލައްކައަކަށްވުރެ މައްޗަށް އަރާފަ އެވެ.

ހަނގުރާމަ އާ ގުޅިގެން ސުންނާފަތިވެފައިވާ ޔަމަނުން ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ހުކުރު ދުވަހު ފެނިފައިވާއިރު އެގައުމުގައި ވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސިއްހީ މަސައްކަތްތެރިންނަށް ވައިރަސް ޖެހޭ މިންވަރު އިތުރުވަމުންދާތީ އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. ބައެއް ގައުމުތަކުގައި ސިއްހީ މަސައްކަތްތެރިންގެ 10 އިންސައްތަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

އދ ގެ އައު ޓާސްކް ފޯހަކުން ޕްރޮޓެކްޓިވް ގިއަރާއި، ލެބޯޓްރީގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި ބޭނުންވާ ގައުމުތަކަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައި ކުރާނެކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

ޓެޑްރޯސް ވިދާޅުވީ ދުނިޔޭގެ ފުޑް ޕްރޮގްރާމުން މިތަކެތި ފޯރުކޮށްދިނުމަށް ލޮޖިސްޓިކް ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިވައިރަސް އިން އެއްވެސް ގައުމެއް ސަލާމަތްވެފައިނުވާކަމަށާއި އެހެންކަމުން މުޅި ދުނިޔެވެސް މިވަނީ ހާސްކަމެއްގެ ތެރޭގަައި ކަމަށެވެ. މި ވައިރަސް އާއި ގުޅިގެން ދުނިޔެއަށް އެތައް ފިލާވަޅުތަކެއް ލިބިގެންގޮސްދި ކަމަށާއި ވަކިން ޚާއްސަކޮށް ގައުމުތަކުން ޕަބްލިކް ހެލްތު ސިސްޓަމް މިފަދަ ކަމަކަށް ތައްޔާރުވެފައިނެތް ކަން އެނގިގެންގޮސްފި ކަަމަށް ޓެޑްރޯސް ވިދާޅުވި އެވެ. އެހެންކަމުން މިމައްސަލައަށް ވަރަށް ސީރިއަސް ކަމާއި ތެދުވެރިކަމާއެކު ހުރިހާ ގައުމުތަކުންވެސް ކުރިމަތިލާންޖެހޭ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2017

ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު

09 ނޮވެމްބަރު 2017
ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު
09 ނޮވެމްބަރު 2017

ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ

09 ނޮވެމްބަރު 2017
ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ
02 ސެޕްޓެމްބަރު 2017

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު

02 ސެޕްޓެމްބަރު 2017
އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު
27 ޖުލައި 2017

ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި

27 ޖުލައި 2017
ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި
07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު