Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

ބެލެސްޓިކް މިސައިލެއް ވަރަށް އަވަހަށް ޓެސްޓްކުރާނެ ކަމަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި

ގައުމުތަކުން ފާޑުކިޔަސް، އުތުރު ކޮރެއާއިން މިސައިލް ޓެސްޓްކުރުން ހުއްޓައެއް ނުލާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 10 ޖޫން 2017 | ހޮނިހިރު 14:49
އުތުރު ކޮރެއާ އިން ދަނީ ކެނޑިނޭޅި އެގައުމުގެ އަސްކަރީ ބާރު ދެއްކުމުގެ ހަރަކާތްތައް ބާއްވަމުން

އުތުރު ކޮރެއާ އިން ދަނީ ކެނޑިނޭޅި އެގައުމުގެ އަސްކަރީ ބާރު ދެއްކުމުގެ ހަރަކާތްތައް ބާއްވަމުން

އުތުރު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓު ކުރަން ވަަރަށް އަވަހަށް ތައްޔާރުވެ ނިމޭނެ ކަމަށް އެ ގައުމުން ހޮނިހިރު ބުނެފިއެވެ.

އެގައުމުގެ ރޫލިން ޕާޓީ ކަމަށްވާ ވޯކާސް ޕާޓީގެ ރަސްމީ ނޫސް ކަމަށްވާ ރޮޑޮންގް ސިންމަން އިން ބުނީ އެންމެ ފަހުން އެގައުމުން ކުރި ހަތިޔާރު ޓެސްޓްތަކަށް ބަލާއިރު އައިސީބީއެމް އެއް ޓެސްޓް ކުރުން، މާ ދުރުނޫން ކަން އެނގި ހާމަވާ ކަމަށެވެ.

މިއަހަރުގެ އާ އަހަރުގެ ތަގުރީރުގައި އުތުރު ކޮރެއާގެ ލީޑާރު ކިމް ޖޮން-އުން ވިދާޅުވީ އައިސީބީއެމްއެއް ތަރައްގީ ކުރުމުގެ ފަހުގެ މަރުހަލާގައި އުތުރު ކޮރެއާ ވާ ކަމަށެވެ.

ރޫލިން ޕާޓީ ކަމަށްވާ ވޯކާސް ޕާޓީގެ ރަސްމީ ނޫސް ކަމަށްވާ ރޮޑޮންގް ސިންމަން އިން ބުނީ މިސައިލް ޓެކްނޮލޮޖީގައި އުތުރު ކޮރެއާ ކުރިއެރުންތައް ހޯދައިފައިވާ ކަމަށެވެ. އިތުރުަށް އެނޫހުން ބުނީ އެގައުމުން ކާމިޔާބުކަމާއެކު އައިސީބީއެމް އެއް ޓެސްޓް ކުރެވުމުން އެމެރިކާ އިން އުތުރު ކޮރެއާ އާއި މެދު ގެންގުޅޭ އުސޫލުތައް ނެތިގެން ދާނެ ކަމަށެވެ. އެމެރިކާ އާއި ބެހޭ ގޮތުން އުތުރު ކޮރެއާ އިން އެ ނޫހުގައި ބުނީ ނިއުކްލިއާ ހަތިޔާރު ހުރި ގައުމަކާ ދެކޮޅަށް ނުވަތަ އައިސީބީއެމް ގެންގުޅޭ ގައުމަކާ ދެކޮޅަށް އަދި ހަނގުރާމައެއް ފަށާފައިނުވާ ކަމަށެވެ.

އުތުރު ކޮރެއާ އިން މި އަހަރު އެތައް މިސައިލެއް ޓެސްޓްކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ވަނީ ހަަތަރު އެންޓި-ކްރޫޒް މިސައިލްތަކެއް ޓެސްޓްކޮށްފައެވެ. މިއީ އެގައުމުން މި އަހަރުތެރޭގައި ކުރި ދިހަ ވަނަ މިސައިލް ޓެސްޓެެވެ.

އުތުރު ކޮރެޢާ އިން ވަނީ މެއި 29 ގައި މިޑް-ރޭންޖް މިސައިލެއް ވެސް ޓެސްޓްކޮށްފައެވެ.

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާއި ގުޅިގެން އދ އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ

16 އެޕްރީލު 2017
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ
05 އެޕްރީލު 2017

އުތުރު ކޮރެއާ އިން ޖަޕާނު ކަނޑަށް މިސައިލެއް ފޮނުވާލައިފި

05 އެޕްރީލު 2017
އުތުރު ކޮރެއާ އިން ޖަޕާނު ކަނޑަށް މިސައިލެއް ފޮނުވާލައިފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު