Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

އަވަސްއަރުވާލައިގެން ފުޓްބޯޅަ އަލުން ފެށުން އެއީ ޒިންމާދާރު ކަމެއް ނޫން: އިންފަންޓީނޯ

"ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފަށާނީ ހާލަތު ތަންދިނުމުން"

އަތޫފް އާތިފް
އަތޫފް އާތިފް | 10 އެޕްރީލު 2020 | ހުކުރު 21:15
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ހުއްޓިފައިވާ ފުޓުބޯޅައިގެ ހަރަކާތްތައ, އަވަސްއަރުވާލައިގެން އަލުން ފެށުން އެއީ ޒިންމާދާރު ކަމެއް ނޫން ކަމަށް ފީފާގެ ރައީސް ޖިއާނިއޯ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އިންފަންޓީނޯ މިހެން ވިދާޅުވިއިރު، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ފަސް ލީގު ކުޅުންވަނީ ހުއްޓައިލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ޖަރުމަން ލީގު އަދި ފްރެންޗު ލީގެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގުވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

އިންފަންޓީނޯ ވިދާޅުވީ ބޭނުމަކީ އެއްވެސް އިންސާނެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ނުލައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުން ކަމަށާއި، އެގޮތަށް ކުރިޔަށް ގެންދާން ބޭނުންވާނަމަ ޖެހޭނީ ފުޓްބޯޅައިގެ ހަރަކާތްތައް ލަސްކުރުމަށް ކަމަށެވެ.

މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ އެންމެނަށް ވެސް މިވަގުތު މުހިންމުވާނީ ރަނގަޅު ސިއްހަތެއްގައި ހުރުން ކަމަށާއި ފުޓްބޯޅައިގެ ހަރަކާތް ފެށުމަށް މިވަގުތު ތަން ނުދޭނެކަން އެންމެން ވެސް ދަންނަން ޖެހޭ ކަމަށެވެ. އަދި އަލުން ފުޓްބޯޅައިގެ ހަރަކާތްތައް ހިންގުމަށް ހުއްދަދޭނީ މިހާރު މި އޮތް ހާލަތު އެއްކޮށް ރަނގަޅުވުމުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން ފީފާއިން ވަނީ ލީގު ދިގުދެމިގެން ދާތީ ކްލަބުތަކަށް ދިމާވާނެ މައްސަލަތައް ހައްލުކޮށްދީފައެވެ. އެގޮތުން މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަދާފައި ތިބި ކުޅުންތެރިން، ސީޒަން ނިމެންދެން ކްލަބުގައި ތިބެވޭނެ ކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.

ފީފާގެ މި ނިންމުމާއެކު ޖުލައި މަހު އެއްވަނަ ދުވަހު ޓީމުތަކަށް ބަދަލުވާން ކުރިއާލާ ވެފައިވާ އެއްބަސްވުންތަކަށްވެސް ބަދަލު އަންނާނެ އެވެ. އެހެންކަމުން އެ ކުޅުންތެރިންނަށް ވެސް އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެވޭނީ ސީޒަން ނިމުމުންނެވެ. މީގެ އިތުރުން ފީފާ އިން ވަނީ ޓްރާންސްފާ ބާޒާރުގެ މުއްދަތު ވެސް އަންނަ ސީޒަން ފެށުމާ ހަމައަށް އިތުރުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މިކަމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ކްލަބުތަކުން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު