Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެނަލް 13

ބަސްމަގު ރަނގަޅުކުރުމަށް އެދި ބްރޯޑްކޮމްގެ ސިޓީއެއް ޗެނަލް 13 އަށް

ޗެނަލް 13 އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގެ ވާހަކަ ހާއްސަގޮތެއްގައި ފާހަަގަކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އެޕްރީލު 2020 | އަންގާރަ 14:36
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން

ޗެނަލް 13 ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަޞޭޙަތްތެރިވެއްޖެއެވެ.

ބްރޯޑްކޮމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޗެނަލް 13 ގެ ޕްރޮގުރާމުތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭޙަތްތެރިވެ، އެ ޗެނަލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ބްރޯޑްކޮމް އިން ޗެނެލް 13 އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް 13 އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވި އަދި މީސްމީޑިއާ މެދެވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް މިކަން އައިސްފައިވާ ކަމަށެވެ.

އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބާރުއަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އަންގާފައިވެއެވެ.

އަދި ބްރޯޑްކާސްޓްކުރާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެދި ނަސޭޙަތްތެރިވެފައިވެއެވެ. އަދި މި މިންގަނޑާ ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
13 މާރިޗު 2017

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
11 މާރިޗު 2017

ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ

11 މާރިޗު 2017
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު