Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ސްޕެނިޝް ލީގު މެއި މަހު ފަހުކޮޅު ފަށަން މަސައްކަތް ކުރަނީ

ޔޫރަޕުގެ ބޮޑު ފަސް ލީގު ވަނީ މެދުކަނޑާލާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 7 އެޕްރީލު 2020 | އަންގާރަ 13:49
ސްޕެނިޝް ލީގު މެޗެއްގެ ތެރެއިން

ސްޕެނިޝް ލީގު މެޗެއްގެ ތެރެއިން

ޔޫރަޕުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ސްޕެނިޝް ލީގު މެދު ކަނޑާލާފައިވާއިރު، ސްޕެނިޝް ލީގު އެންމެ އަވަސް ވެގެން ވެސް ފެށޭނީ މެއި މަހު ފަހުކޮޅުގައި ކަމަށް ލަލީގާގެ ރައީސް ޓެބާސް ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ޓީމަކުން އެންމެ ފަހުން ކުޅުނު މެޗަކީ ޗެމްޕިއަންސް ލީގުގައި 11 މާރޗުގައި އެތުލެޓިކޯ މެޑްރިޑް އަދި ލިވަޕޫލް ބައްދަލުކުރި މެޗެވެ. ޓެބާސް ވިދާޅުވީ ސްޕެނިޝް ޓީމުތަކުން ޓްރެއިނިންގ ފަށާނީ ޙާލަތަށް ބެލުމަށްފަހު އޭޕްރީލް 26 ހުގައި ކަމަށެވެ. އަދި މެއި މަހު ލީގު ނުފެށިއްޖެނަމަ ސްޕެނިޝް ކްލަބުތަކަށް 1 ބިލިއަން ޔޫރޯގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނެކަމަށް ޓެބަސް ވިދާޅުވިއެވެ.

ސްޕެއިންގެ ނޫހަކަށް ޓެބާސް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ ސްޕެނިޝް ލީގު ފެށޭނެ ތާރީޚެއް ސީދާ ބުނަން ނޭނގޭ ކަމަށާއި ނަމަވެސް މިހާރު ޕްލޭން ކުރާ ގޮތަށް ކަންކަން ކުރިޔަށް ގޮސްފިނަމަ ސްޕެނިޝް ލީގު މެއި މަހު ފަހުކޮޅު ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ޓެބާސް ބުނީ ލަލީގާއިން އަބަދުވެސް ވިސްނަމުން އަންނަނީ މި ސީޒަން ނިންމުމަށް ކަމަށާއި އެވިސްނުން އަދިވެސް ބަދަލުނުވާ ކަމަށެވެ.

ޓެބާސް އިތުރަށް ވިދާޅުވީ ޔޫރަޕުގެ ބޮޑެތި މުބާރާތްތަކުން ސްޕެނިޝް ޓީމުތައް އަންނަނީ ބޮޑު ފައިދާއެއް ނަގަމުން ކަމަށާއި، އެގޮތުން ޔޫރަޕުގެ ބޮޑެތި މުބާރާތްތައް ކެންސަލް ކޮށްފިނަމަ ކްލަބުތަކަށް 1 ބިލިއަނަށްވުރެ ގިން ޔޫރޯގެ ގެއްލުންވާނެ ކަމަށެވެ. އަދި ސަޕޯޓަރުން ނުވައްދާ ކުޅޭނަމަ 300 މިލިއަނެއްހާ ޔޫރޯގެ ގެއްލުން ކްލަބުތަކަށްވާނެ ކަމަށްވެސް ޓެބާސް ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ޔޫރަޕުގެ އެންމެ މަޤުބޫލު ފަސް ލީގުގެ ކުޅުން ވަނީ މެދުކަނދާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއަރ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ވެސް ވަނީ ހުއްޓާލާފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު